ރާއްޖޭގައި މެރިކަލްޗަރ ވިޔަފާރި ކުރިއެރުވުމުގެ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކުރުމުގެ ޙަފްލާ މާދަމާ އޮންނާނެ

ލިޔުނީ: ޝަހީދާ

mdp_mariculture_web_image

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ )އެމްޑީޕީ(ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު، މާދަމާ ) 20 އޭޕްރީލް 2013. ހޮނިހިރު ( ހަވީރު 4ޖަހާއިރު ނ. ކެނދިކުޅުދޫގައި ރާއްޖޭގައި މެރިކަލްޗަރ ވިޔަފާރި ކުރިއެރުވުމުގެ އެމްޑީޕީގެ ސިޔާސަތު ޤައުމީ ފެންވަރުގައި އިފްތިތާޙް ކޮށްދެއްވާނެއެވެ.

އަދި ހަމަ މި ރަސްމިއްޔާތުގެ ވަގުތާ އެކުއެކީ, ރާއްޖޭގެ އެހެން 20 ރަށެއްގައި މި ސިޔާސަތު އިފްތިތާޙް ކުރުން ކުރިޔަށް ގެންދާ ގޮތަށް ވަނި ހަމަޖެހިފައެވެ.

މިގޮތުން ނ. ކެނދިކުޅުދޫ ގެ އިތުރުން މި ސިޔާސަތު އިފްތިތާޙްކުރެވޭ ރަށްތަކަކީ، ހއ. ބާރަށް، ހދ. މަކުނުދޫ ، ށ. މިލަންދޫ، ރ. އަލިފުށި، ބ. ތުޅާދޫ، ޅ. ކުރެންދޫ، ކ. ދިއްފުށި، އއ. މާޅޮސް، އދ. މާމިނގިލި، ވ. ކެޔޮދޫ، މ. ވޭވަށް، ފ. ފީއަލި، ދ. ބަނޑިދޫ، ތ. ހިރިލަންދޫ، ލ. މާމެންދޫ، ގއ. ގެމަނަފުށި، ގދ. ގައްދޫ، ޏ. ފުއައްމުލައް، އައްޑޫ ސިޓީއިން، މަރަދޫ އަދި މާލެ ސިޓިއިން ވިލިމާލޭގައެވެ.

މާދަމާ ހަވީރު ކެނދިކުޅުދޫގއި ބާއްވަން ހަމޖެހިފައި ވާ މެރިކަލްޗަރ ވިޔަފާރީގެ އެމްޑީޕީގެ ސިޔާސަތު އިފްތިތާހް ކުރާ ޙަފްލާގެ ކުރިން ރާއްޖޭގައި މެރިކަލްޗަރގެ ވިޔަފާރިކުރާ އަދި ހިންގާ އެކި ފަރާތްޕުޅުތަކާއި މަރިކަލްޗަރގެ ވިޔަފާރިއާ ގުޅުން ހުރި މަސައްކަތްތައް ކުރައްވާ ފަރާތްޕުޅުތަކަށް، އަދި މި ވިޔަފާރިއަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން، އެ އެންމެހާ ފަރާތްތަކަށް ބައިވެރިވެވޭނެ މަސައްކަތު ބައްދަލުވުމެއްވެސް ބާއްވާގޮތަށްވަނީ ހަމަޖެހިފައެވެ. ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާ މި މަސައްކަތުބައްދަލުވުން އޮންނާނީ މާދަމާ ހެނދުނު ކެނދިކުޅުދޫގައެވެ

ނ. ކެނދިކުޅުދޫގެ އިތުރުން އަނެއް 20 ރަށުގައި ގައި މި ސިޔާސަތު އިފްތިތާޙް ކޮށްދެއްވާނީ ރައީސް ނަޝީދުގެ ސަރުކާރުގެ މިނިސްޓަރުންނާއި، ޕާޓީގެ ޕާލިއަމަންޓްރީ ގްރޫޕްގެ ބޭފުޅުންނާއި އަދި ލީޑަރޝީޕުގެ ބޭފުޅުންނެވެ.

މިގޮތުން ކެނދިކުޅުދޫގައި ރައީސް ނަޝީދު މި ސިޔާސަތު އިފްތިތާޙް ކޮށްދެއްވުމާއެކު އަނެއް 20 ރަށުގައި މި ސިޔާސަތު އިފްތިތާޙް ކޮށްދެއްވާނީ، ބާރަށުގައި: ހިތަދޫ މެދު ދާއިރާގެ މަޖްލިސް މެމްބަރ މުޙަންމަދު ރަޝީދު )މެޓްރިކްސް މޯޑު(، މަކުނުދޫގައި: މަޖްލިސް މާފަންނު ދެކުނު ދާއިރާގެ މަޖްލިސް މެމްބަރ އިބްރާޙިމް ރަޝީދު )ބޮންޑަ(، މިލަންދޫގައި؛ މަޑަވެލި ދާއިރާގެ މަޖްލިސް މެމްބަރ މުޙަންމަދު ނާޒިމް، އަލިފުށީގައި: ހެންވޭރު ދެކުނު ދާއިރާގެ މަޖްލިސް މެމްބަރ ހާމިދް އަބްދުލް ޤަފޫރް، ތުޅާދޫގައި: މަނަދޫ ދާއިރާގެ މަޖްލިސް މެމްބަރ މުޙަންމަދު ތޯރިޤް، ކުރެންދޫގައި: ބާރަށު ދާއިރާގެ މަޖްލިސް މެމްބަރ މުޙަންމަދު ޝިފާޒް، ދިއްފުށީގައި: އިހަވަންދޫ ދާއިރާގެ މަޖްލިސް މެމްބަރ އަޙްމަދް އަބްދުﷲ، މާޅޮހުގައި: ހުޅުމީދޫ ދާއިރާގެ މަޖްލިސް މެމްބަރ އިލްޔާސް ލަބީބް، މާމިނގިލީގައި: ހިތަދޫ އުތުރު ދާއިރާގެ މަޖްލިސް މެމްބަރ މުޙަންމަދު އަސްލަމް، ކެޔޮދޫގައި: ކޮމަންޑޫ ދާއިރާގެ މަޖްލިސް މެމްބަރ ހުސެން ވަޙިދު އަދި މަހިބަދޫ ދާއިރާގެ މަޖްލިސް މެމްބަރ ރުގިއްޔާ މުޙަންމަދު، ވޭވަށުގައި: ބިލެތްދޫ ދާއިރާގެ މަޖްލިސް މެމްބަރ: އަޙްމަދް ޙަމްޒާ، ފީއަލީގައި: ހޯރަފުށީ ދާއިރާގެ މަޖްލިސް މެމްބަރ އަޙްމަދް ރަޝީދު، ބަނޑިދޫގައި: ކުޅުދުފުށީ އެތުރު ދާއިރާގެ މަޖްލިސް މެމްބަރ އަބްދުލް ޤަފޫރް މޫސާ، ހިރިލަންދޫގައި: ތުޅާދޫ ދާއިރާގެ މަޖްލިސް މެމްބަރ ނާޒީމް ރަޝާދު، މާމެންދޫގައި: މައްޗަންގޮޅި އުތުރު ދާއިރާގެ މަޖްލިސް މެމްބަރ އަލްއުސްތާޛާ މާރިއާ އަޙްމަދް ދީދީ، ގެމަނަފުށީގައި: މާފަންނު އުތުރު ދާއިރާގެ މަޖްލިސް މެމްބަރ އަލްއުސްތާޛް އިމްތިޔާޒް ފަޙްމީ، ގައްދޫގައި: މިލަންދޫ ދާއިރާގެ މަޖްލިސް މެމްބަރ އަލީ ރިޒާ، ފުއައްމުލަކުގައި: ދިއްދޫ ދާއިރާގެ މަޖްލިސް މެމްބަރ އަޙްމަދު ސަމީރް، މަރަދޫގައި: ދާންދޫ ދާއިރާގެ މަޖްލިސް މެމްބަރ މުޙަންމަދް ރިޔާޒް އަދި މާލެ ސިޓިގެ ވިލިމާލޭގައި ހުޅުހެންވޭރު ދާއިރާގެ މަޖްލިސް މެމްބަރ އަދި އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކުއެވެ.

މެރިކަލްޗަރގެ ވިޔަފާރި ފުޅާކުރުމުގެ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކުރެވޭ 21 ރަށަށް އެމްޑީޕީއިން ހަމަޖައްސާފައިވާ ކޯޑިނޭޓަރުންނަކީ: މާލެ ސިޓީގެ ވިލިމާލެއަށް މާލެ ސިޓިގެ ރައީސް، މުޙަންމަދު ރަޝީދު )ބިގޭ(، އައްޑޫ ސިޓީގެ މަރަދޫއަށް ދިވެހިރާއްޖޭގެ ޔުނިވާރސިޓީގެ ކުރީގެ ޗާންސެލަރ ޑރ. މުސްތަފާ ލުތްފީ، ހއ. ބާރަށް އަދި ހދ. މަކުނުދޫއަށް ރައީސް ނަޝީދު ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރ ޝިފާ މުޙަންމަދު، ށ. މިލަންދޫ، ރ. އަލިފުށި އަދި ލ. މާމެންދޫއަށް މައްޗަންގޮޅި އުތުރު ދާއިރާގެ މަޖްލިސް މެމްބަރ އަލްއުސްތާޛާ މާރިއާ އަޙްމަދް ދީދީ، ނ. ކެނދިކުޅުދޫ، ބ. ތުޅާދޫ އަދި ޅ. ކުރެންދޫއަށް ރައީސް ނަޝީދު ސަރުކާރުގެ ފޮރިން މިނިސްޓަރ އަޙްމަދް ނަސީމް، ކ. ދިއްފުށްޓަށް ޕްރޮވިންސް ރައީސް އިރްފާން ޒަކީ، އއ. މާޅޮހަށް، ައދ. މާމިނގިލި އަދި ވ. ކެޔޮދޫއަށް މުޙަންމަދު ޝަފީގު )ޝަފީގުގެ(، މ. ވޭވަށް، ފ. ފީއަލި އަދި ދ. ބަނޑިދޫއަށް ރައީސް ނަޝީދުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރ މުޙަންމަދް ޝިޙާބް، ތ. ހިރިލަންދޫއަށް މުޙަންމަދް ޝަރީފް )ސެންކޯ(، ގަ. ގެމަނަފުށި އަދި ގދ. ގައްދޫއަށް ރައީސް ނަޝީދު ސަރުކާރުގެ ހެލްތް މިނިސްޓަރ ޑރ. އައިމިނަތު ޖަމީލް އަދި ޏ. ފުއައްމުލަކަށް ރައީސް ނަޝީދުގެ ސަރުކާރުގެ ޑިފެންސް އެޑްވައިޒަރ އަމީން ފައިސަލްއެވެ
..

ނ. ކެނދިކުޅުދޫގައި ބާއްވާ މި ޙަފްލާއަށް ނ. އަތޮޅުގެ ރައްޔިތުންނާއި ރާއްޖޭގަ މެރިކަލްޗަރ ވިޔަފާރި ކުރައްވާ އެންމެހާ ފަރާތްތަކަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން ވަނީ ދަޢުވަތު އަރުވާފައެވެ. އަދި މީގެ އިތުރުން މެރިކަލްޗަރގެ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކުރެވޭ އެންމެހާ އަތޮޅުތަކުގެ ރައްޔިތުންނަށްވެސް އެރައްޔިތަކު ދިރިއުޅޭ އަތޮޅުގެ މި ސިޔާސަތި އިފްތިތާޙް ކުރާ ރަށުގަ ބާއްވާ ޙަފްލާއަށް ދަޢުވަތު ވަނީ އަރުވާފައެވެ.