އެމްޑީޕީ ދާއިރާތަކުގެ ހަރަކާތްތެރިކަމާއެކު ރިޔާސީ ކެމްޕެއިންގެ ވިއުގަ ފުރިހަމަކުރެއްވުމަށް މަޝްވަރާކުރައްވައިފި

nec260313

އެމްޑީޕީ ދާއިރާ ތަކުގެ ހަރަކާތްތެރިކަމާއެކު ރިޔާސީ ކެމްޕެއިންގެ ވިއުގަ ފުރިހަމަކުރެއްވުމަށް އެމްޑީޕީގެ ލީޑަރޝިޕުން މަޝްވަރާކުރައްވައިފިއެވެ. މިހާތަނަސް ކަންތައްތައް ހަމޖައްސަވަމުން ގެންދަވާ މައުލޫމާތު އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބައެއް މެމްބަރުންނަށް ދެއްވީ ރިޔާސީ ކެމްޕެއިން މެނޭޖަރ އަދި އެމްޑީޕީ ޗެއަރޕާސަންގެ ނާއިބު އިދާރީ ޢަލީ ޝިޔާމެވެ. އެމްޑީޕީ ސެކެޓްޓޭރިއަޓްގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި އެމްޑިޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހަންމަދު ނަޝީދު އެދިވަޑައިގެންނެވީ ރިޔާސީ ކެމްޕެއިންގެ ވިއުގަ ފުރިހަމަކުރެއްވުމުގައި ޕާޓީގެ ދާއިރާތަކުގެ ހަރަކާތްތެރިކަން ވެލެއްވި އެންމެ ފުޅަދާއިރާއެއްގައި ބައިވެރިކުރެއްވުމަށެވެ. ރިޔާސީ ކެމްޕެއިން ގެ އިސް ހަރަކާތްތެރިންނަކީ ދާއިރާތަކަށް މިހާރު ކެމްޕެއިންޓީމުން ކަނޑައަޅުއްވާފަ ތިއްބެވި ކޯޑިނޭޓަރުން ކަމަށާއި، ރިޔާސީ ކެމްޕެއިން ޓީމްގެ ވިއުގަ ފުރިހަމަކުރެއްވުމުގައި އެދާއިރާއެއްގައި ހަރަކާތްތެރިކަމާއެކު މަސައްކަތްކޮށްދެއްވާ ޕާޓީގެ މަސައްކަތްތެރިން ކަނޑައެޅުއްވުމުގެ އެންމެ ފަހުގެ ނިންމެވުން ނިންމަވާނީ ދާއިރާ ކޯޑިނޭޓަރުން ކަމުގައި މެމްބަރުން ފާހަގަކުރެއްވިއެވެ.
އެމްޑީޕީގެ މެމްބަރުން އެމެމްބަރުންނަށް ނޭނގި ގަވާއިދާ ޚިލާފަށް އެހެން ޕާޓީ ތަކަށް ބަދަލުކުރައްވާކަން ފާހަގަކުރެއްވިފައިވާކަމަށާއި އެބާވަތުގެ ކަންކަން ހުއްޓުވުމަށް އެޅުއްވެން ހުރި ހުރިހާ ފިޔަވަޅެއް އަޅުއްވާނެ ކަމުގައި އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބައެއްމެމްބަރުންގެ މިބައްދަލުކުރެއްވުމުގައި، ޗެއަރޕާސަން މޫސާމަނިކު ވިދާޅުވިއެވެ
.
ރިޔާސީ ކެމްޕެއިންގެ މަސައްކަތްތައް މިހާރު ހަލުވިކަމާއެކު ކުރިއަށްދާތީ އާއި މެނިފެސްޓޯ އެކުލަވާލުން ނިމުމަކާ ގާތްވެފައިވާތީ، ޕާޓީގެ ޓުއަރިޒަމާއި ގެސްޓް ހައުސް ސިޔާސަތާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާ އެފަދަ މައިގަނޑު ދާއިރާތަކުގެ ސިޔާސަތުތައް ކުރިއަށް ނެރުއްވުމަށް މެމްބަރުން މަޝްވަރާކުރެއްވިއެވެ.