10 ފެބްރުއަރި ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝަރީޢަތަށް ވަޑައި ނުގަނެވުނު ސަބަބު ރައީސް ނަޝީދު ވަނީ ޤަވާޢިދުން ކޯޓަށް އަންގަވާފައި

IMG_9010

ރާއްޖޭގެ އިންތިޚާބީ ރައީސުލް ޖުމްހޫރިއްޔާ އަދި މި ޕާރޓީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއާ ގުޅިގެން 10 ފެބްރުއަރީ 2012 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ޝަރީޢަތުގެ އަޑުއެހުމަށް އެމަނިކުފާނު ޙާޟިރުވެ ޥަޑައިނުގަތް ކަމަށާއި އަދި އިތުރަށް ޗުއްޓީ ނުދޭނޭކަމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ބުނެ ނިންމާފައި ވީނަމަވެސް އެމަނިކުފާނު އެދުވަހުގެ ޝަރީޢަތުގެ އަޑުއެހުމަށް ވަޑައި ނުގަނެވުނު ސަބަބު އެމަނިކުފާނު ވަނީ ކޯޓަށް ރަސްމީކޮށް އަންގަވާފައެވެ.

ރައީސް ނަޝީދު އިންޑިއާއަށް ރަސްމީ ދަތުރުފުޅު ކުރައްވާފައިވަނީ އެ ކޯޓުގެ ހުއްދަ ހޯއްދެވުމަށްފަހުގައެވެ. އަދި އިންޑިއާގެ ރަސްމީ ދަތުރުފުޅުގައި އުޅުއްވަނިކޮށް އެމަނިކުފާނު އާލާސްކަންފުޅެއް މެދުވެރިވުމުން، 10 ފެބްރުއަރީ 2013 ވަނަ ދުވަހު ކޯޓަށް ޙާޟިރުވެވަޑައިގަނެވެން ނެތްވާހަކަ ވަނީ ހަމަ އެދުވަހު ސިޓީއަކުން ކޯޓަށް އަންގަވާފައިވެއެވެ. އަދި ޖެހިގެންއައި 11 ވަނަ ދުވަހު އެމަނިކުފާނުގެ އާލާސްކަންފުޅުގެ އިތުރު ތަފްސީލު ސިޓީއަކުން ވަނީ އެ ކޯޓަށް ހުށަހަޅުއްވާފައެވެ. އެ ސިޓީއާއެކު ޑޮކްޓަރުގެ މެޑިކަލް ރިޕޯރޓުވެސް ހުށަހަޅުއްވާފައިވެއެވެ.