ނޫސްބަޔާން: އެމްޑީޕީގެ މެމްބަރުން އެހެން ޕާޓީތަކަށް ވައްދަމުންދާތީ، އެކަމަށް ސަމާލުވުމަށް ގޮވާލާ ނެރޭ ނޫސްބަޔާން

noosbayan

ނަންބަރު:MDP-2013-PR-13
ތާރީޚް: 6 ފެބުރުއަރީ 2013 (ބުދަ)

އެމްޑީޕީގެ މެމްބަރުން އެހެން ޕާޓީތަކަށް ވައްދަމުންދާތީ، އެކަމަށް ސަމާލުވުމަށް ގޮވާލާ ނެރޭ ނޫސްބަޔާން

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން މާލޭގެ އެކި ދާއިރާތަކުގައި “ވަޢުދާއި ހިނގުން” ނަމުގައި ކުރިއަށް ގެންދިޔަ ޑޯޓުޑޯ ކެމްޕެއިން ސާފުވެގެން ދިޔަ އެންމެ ބޮޑު އެއް ހަޤީގަތަކަކީ، މި ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ގިނަ މެމްބަރުންތަކެއް އެފަރާތްތަކަށް ނޭނގި އެހެން ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނަމުންދާ މައްސަލަކަމުގައި ވާތީ، ހުރިހާ މި ޕާޓީގެ މެމްބަރުން ވެސް މިކަމަށް ވީހާ ވެސް ބޮޑަށް ސަމާލުވެ ލެއްވުމަށް މި ޕާޓީން ގޮވާލަމެވެ.

ޕާޓީގެ މެމްބަރޝިޕް އިތުރުކުރުމުގެ ގޮތުން ސިޔާސީ ޕާޓީތަކުން ކުރާ މިފަދަ ނޭދެވޭ، ނާތަހުޒީބީ ޢަމަލުތަކުގެ ސަބަބުން، ރައްޔިތުންގެ ހިތުގައި ސިޔާސީ ޕާޓީތަކަށް އޮންނަ އިތުބާރާއި ޔަޤީކަމަށް ލޮޅުން އަރާނޭކަމަށް މިޕާޓީން ދެކެމެވެ. އަދި ސިޔާސީ ޕާޓީތަކުން މެމްބަރޝިޕް އިތުރުކުރުމަށް ހިންގާ ހަރާކާތްތައް ވީހާ ވެސް ޒިންމަދާރުކަމާއި އެކު ކުރިއަށް ގެންދިއުމަށް މި ޕާޓީން ގޮވާލަމެވެ.

ސިޔާސީ ކުދި ޕާޓީތަކުންނާއި، އެހެނިހެން ޕާޓީތަކުން މެމްބަރުން އިތުރުކުރުމަށް ކުރާ މިފަދަ ޢަމަލުތައް މި ޕާޓީން ވަރަށް ބޮޑަށް ކުށްވެރިކުރަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް