ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަމުން ދާތީ ޑރ. ޖަމީލްގެ މައްޗަށް އަމިއްލަ ފަރާތަކުން ދަޢުވާކޮށްފި

bigey

ފަނޑިޔާރުންގެ މަސައްކަތްތަކަށާއި ޝަރީޢަތްތަކަށް ބަޣާވާތުގެ ސަރުކާރުގެ ހޯމް މިނިސްޓަރ ޑރ. މުޙަމައްމަދު ޖަމީލް އަޙްމަދު ނުޒޫރު ފޯރުވަމުން ގެންވާތީ އެކަން ހުއްޓުވައިދިނުމަށް އެދި އަމިއްލަ ފަރާތަކުން މިއަދު ސިވިލް ކޯޓުގައި ދަޢުވާކޮށްފިއެވެ.

މ. ޖަވާހިރު ވާދީ، މުޙައްމަދު ރަޝީދު ހުސައިން (ބިގޭ) ކުރެއްވި މި ދަޢުވާއާ ގުޅޭގޮތުން މަޢުލޫމާތުދެއްވުމަށް މިއަދު މާލޭ ސިޓީ ކައުންސިލް ހޯލްގައި ބޭއްވެވި ނިއުސް ކޮންފަރެންސެއްގައި ބިގޭ ގެ ޤާނޫނީ ވަކީލު އައިޝަތު ލީޝާ ވިދާޅުވީ، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފަދަގޮތަކަށް ޑރ. ޖަމީލް އެކި މުނާސަބުތަކުގައި ވާހަކަދައްކާފައިވާ ކަމަށެވެ.

“ތިބޭފުޅުން ބައްލަވާ ލެއްވީމަ ފާހަގަކުރެއްވޭނެ، ދާދިފަހުން ބޭއްވެވި ނިއުސް ކޮންފަރެންސެއްގައި ޑރ. ޖަމީލް ވަނީ ރައީސް ނަޝީދުގެ ޝަރީޢަތް އަވަސްކޮށް އިންތިޚާބުގެ ކުރިން އެމަނިކުފާނަށް ހުކުމް އިއްވަން ޖެހޭނޭ ވިދާޅުވެފަ. އަދި އެގޮތަށް އެކަން ނުވެއްޖެނަމަ ޝަރުޢީ ދާއިރާގެ ޤާބިލްކަމާއި މެދު ސުވާލު އުފެދޭކަމަށް ވެސް ޖަމީލް ވަނީ ވިދާޅުވެފަ. އަޅުގަނޑުމެން ޤަބޫލް ކުރަނީ މީ ސީދާގޮތުންނާއި ނުސީދާގޮތުން ފަނޑިޔާރުންގެ މަސައްކަތައް ނުފޫޒު ފޯރުވުންކަމަށް. ސަބަބީ ހޯމް މިނިސްޓަރަކަށް ހުންނަވާ ބޭފުޅެއްގެ ދަށުން ޕޮލިސް ސަރވިސް ހިނގަނީ، ޕޮލިހުން މި ތިއްބަވަނީ ފަޏޑިޔާރުންގެ ސެކިއުރިޓީއަކަށް.” ލީޝާ ވިދާޅުވިއެވެ.

ލީޝާ ވިދާޅުވީ، މަސައްލަ މިއަދު ހުށަހެޅި ނަމަވެސް، މައްސަލަ ކޯޓުން ބަލައިގެންކަން އަދި އަންގާފައި ނުވާކަމަށެވެ.