އުސްފަސްގަނޑު ސަރަހައްދުގެ ބޭރުން އިއްޔެ ފުލުހުން ހައްޔަރުކުރި އެންމެންގެ ހައްޔަރުގެ މުއްދަތު ކްރިމިނަލް ކޯޓުން 5 ދުވަސް މިއަދު އިތުރު ކޮށްފި

އުސްފަސްގަނޑު ސަރަހައްދުގެ ބޭރުން އިއްޔެ ފުލުހުން ހައްޔަރުކުރި އެންމެންގެ ހައްޔަރުގެ މުއްދަތު ކްރިމިނަލް ކޯޓުން 5 ދުވަސް މިއަދު އިތުރު ކޮށްފިއެވެ.

އެމް.ޑީ.ޕީގެ ފަރާތުން އިންތިޒާމްކޮށްގެން އިއްޔެ (1-ފެބްރުއަރީ 2013) ވީ ހުކުރުދުވަހުގެ ހަވީރު ބޭއްވި ސުލްޙަވެރި ޤައުމީ ހިނގާލުން އުސްފަސްގަނޑު ސަރަހައްދުގެ ބޭރު ރާޅުގަޑާ ދިމާލަށް ނިންމާލި ވަގުތު (އިރުއޮއްސުނު ވަގުތު) ފުލުހުން ހައްޔަރުކުރި… މިޕާޓީގެ ޔޫތު ވިންގުގެ ރައީސް އާމިނަތު ޝައުނާއާ، މާލޭ ސިޓީ ކައުންސިލުގެ ކައުންސިލަރ މުޙައްމަދު ފަލާޙުގެ އިތުރުން ހައްޔަރުކުރި އިތުރު މީހުންނަށް މިއަދު (2-ފެބްރުއަރީ2013) ކްރިމިނަލް ކޯޓުން ވަނީފުލުހުންގެ ދޮގު ހެކީގެމައްޗަށް ބުރަވެ 5 ދުވަހުގެ ހައްޔަރުގެ މުއްދަތު އިތުރު ކޮށްފައެވެ. އަދި މީގެ އިތުރުން ހައްޔަރުކޮށްފައި ތިބި މީހުންނާ ޑިފެންސް ލޯޔަރު ދެއްކި އެއްވެސް ވާހަކަޔަށް ރިޔާއަތް ކުރުމެއްނެތި 5 ދުވަހުގެ ހައްޔަރުގެ މުއްދަތު އިތުރު ކުރި ކުރުމަކީ ސިޔާސީ މަގުސަދެއްގައި ނިންމައިފައިވާ ނިންމުމެކެވެ.

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެއުޅުމުގެ މިނިވަންކަމަކީ ޤާނޫން އަސާސީގެ 27ވަނަ މާއްދާއާ 32 ވަނަ މާއްދާގެ ދަށުން ކޮންމެ ދިވެހިރައްޔިތަކަށް ވެސް ކަށަވަރުކޮށްދީފައިވާ ހައްޤެކެވެ. ނަމަވެސް ޤާނޫން އަސާސީން ލިބިދީފައިވާ މި ހައްޤު ނިގުޅައިގަނެ އިއްޔެ ހައްޔަރު ކުރެވުނު އެންމެހާ ފަރާތްތަށް ވެސް ހައްޔަރުކޮށްފައިވަނީ އެފަރާތްތަކުން ޤާނޫނާ ޚިލާފު އެއްވެސް އަމަލެއް ހިންގާފައިނުވަނީސް، ޣައިރު ޤާނޫނީ ހައްޔަރަކުންނެވެ.