ހދ އަތޮޅު ކައުންސިލްގެ ނައިބް ރައީސް އެމްޑީޕީއަށް ސޮއިކޮށްފި

ރޭ އެމްޑީޕީން ހދ. ކުޅުދުއްފުށީގައި ބޭއްވި ވަޢުދުގެ ދަތުރުގެ ނިންމުމުގެ ޖަލްސާގައި ހދ. އަތޮޅު ކައުންސިލްގެ ނައިބް ރައީސް ރަކަރިއްޔާ ހަސަން އެމްޑީޕީއަށް ސޮއިކޮށްފިއެވެ. ޒަކައްރިޔާ ހަސަން އަކީ ނޮޅިވަރަމް ދާއިރާއިން އަތޮޅު ކައުންސިލަށް ހޮވިވަޑައިގެންފައިވާ މެމްބަރެކެވެ.
އެމްޑީޕީއަށް ސޮއިކުރުމަށް ފަހު ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ޒަކަރިއްޔާ ހަސަން ވިދާޅުވީ، އެމްޑީޕީއާއި ގުޅެން ނިންމި އިރު، އެހެން ޕާޓީތަކުން އެ ޕާޓީތަކާއި ގުޅުމަށް ވެސް ދަޢުވަތު ދެމުން އައިކަމަށެވެ. އެހެނެ ނަމަވެސް އެއިން ޕާޓީއަކާއި ގުޅިވަޑައިނުގަތީ، އެ ޕާޓީތަކުގެ އަމާޒާއި، މެނިފެސްޓޯއަކީ ކޮބައިތޯ ދެންނެވުމުން އެ ސުވާލުތަކަށް ޖަވާބު ނުދެވުމުން ކަމަށެވެ.

ޒަކަރިއްޔާ ހަސަން ވިދާޅުވީ، ކިތަންމެ އަވަހަށް ދިވެހިރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވިޔަސް އެމްޑީޕީއަށް ނޮޅިވަރަމް ދާއިރާގެ އަޤްލަބިއްޔަތު ލިބޭނޭކަމަށެވެ.