ޖުމްހޫރީ ދުވަހު ޚާއްސަ ފޮޓޯ މައުރަޒެއް ބާއްވަނީ

މިއަހަރުގެ ޖުމްހޫރީ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކުރުމުގެ ގޮތުން ޓްވީޓް މޯލްޑިވްސް އިން ރައީސް ނަޝީދުގެ ޚާއްސަ ފޮޓޯ މަޢުރަޒެއް ސްރީލަންކާގައި ބޭއްވުމުގެ ތައްޔާރީތައް ކުރަމުން އެބަގެންދެއެވެ.

“މުޙައްމަދު ނަޝީދު ނެޝަނަލް ހީރޯ، ގްލޯބަލް ޕްރެޒިޑެންޓް، މޯލްޑިވްސް ރިޕަބްލިކް ޑޭ ފޮޓޯ އެގްޒިބިޝަން”ގެ ނަމުގައި ބާއްވާ މި ފޮޓޯ މަޢުރަޒުގައި ރައީސް ނަޝީދުގެ ވެރިކަމުގެ ދުވަސްވަރުގެ ބައެއް ހަރަކާތްތައް ދައްކުވައިދޭ ފޮޓޯއާއި 2012 ފެބްރުއަރީ 7ގެ ފަހުން އެމަނިކުފާނުގެ ބައެއް ހަރަކާތްތައް ދައްކުވައިދޭ ފޮޓޯތައް ފެނިގެންދާނެއެވެ.

2012 ނޮވެމްބަރ 11 އަދި 12 މި ދެ ދުވަހު އޮންނަ މި މަޢުރަޒު އޮންނާނީ ސްރީލަންކާގެ ދެހިވަލައިގެ ކައުދާނާ، ސްރީ ސަންގަބޯ ރޯޑްގެ ހައުސް ނަންބަރ 5 ގައެވެ. މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ ނޮވެމްބަރ 11 ވަނަ ދުވަހުގެ ހެނދުނު 10 ހަޖާއިރުއެވެ. ހުޅުވުމުގެ ރަސްމިއްޔާތައްފަހު މަޢުރަޒު ޢާންމުކޮށް އެންމެހާ ފަރާތްތަކަށް ހުޅުވާލެވޭނެއެވެ.

މި މަޢުރަޒު ބާއްވާ ޓްވީޓް މޯލްޑިވްސްގެ ޓީމުން ވަނީ މީގެކުރިން ވެސް މިފަދަ ދެ އިވެންޓެއް ބާއްވާފައެވެ. އެއީ، 2011 ވަނަ އަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް އިންޑިއާގެ ޓްރިވެންޑްރަމްގައި ބޭއްވި އިވެންޓަކާއި، މިއަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި ހަރުބީ ބޮޑުބެރު ގްރޫޕާއި ގުޅިގެން ސްރީ ލަންކާގައި ބޭއްވި އިވެންޓެކެވެ.