އައްޝައިޚް ހުސެއިން ރަޝީދު ތަރުޖަމާ ކުރައްވައި ޝަރަޙަ ކުރައްވާފައިވާ އިމާމް މުސްލިމްގެ ޞަޙީޙް މުސްލިމް ޝަރަޙަ (1) މިރޭ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު އިފްތިތާޙް ކުރައްވާނެ އެވެ.
ޢިލްމުވެރިން ދެކިލައްވާގޮތުގައި ޞަޙީޙް މުސްލިމް ޝަރަޙައަކީ ކީރިތި ރަސޫލާގެ ޙަދީޡް އަދި ސުންނަތުގެ މައްޗަށް ބިނާކޮށް ލިޔެވި ޝާޢިއު ކުރެވިފައިވާ އެންމެ މުހިއްމު އެއް ފޮތެވެ. މިފޮތުގައި ޖުމްލަ 2200 ޙަދީޡް ރިވާވެގެންވާކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ.
މި ފޮތް ނެރެދެއްވުން އޮންނާނީ މިރޭ 8.45 ގައި އާރޓް ގެލެރީ ގައެވެ.