އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ އެއް މިރޭ މާލެ ސިޓީ ހޯލުގައި އޮންނާނެ
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ އެއްގެ ތެރެއިން - އެމްޑީޕީ ފައިލް ފޮޓޯ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ އެއް މިރޭ މާލެ ސިޓީ ހޯލުގައި އޮންނާނެ އެވެ.

މިރޭ 9 ޖަހާއިރު ފެށޭ މި ޖަލްސާގައި “ލީޑަރސް ޑައިލޮގް”ގެ ނަމުގައި ކުރިޔަށް ގެންދާ އޯލްޕާޓީ ޓޯކްސް އާއި ބެހޭގޮތުންނާއި، އެމްޑީޕީ ޕްރޮވިންސް އޮފީސްތައް ހުޅުވުމާއިބެހޭ ގޮތުން މަޝްވަރާކުރުމުގެ އިތުރުން މަޖިލިސް ކުރިއަށް ގެންދިއުމުގައި އެމްޑީޕީން އަމަލުކުރާނޭ ގޮތެއް ކަނޑައެޅުމަށް ވަނީ ހަމަޖެހިފައެވެ.

މިރޭ މި ބާއްވާ ޖަލްސާ އަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 110 ވަނަ ޖަލްސާ އެވެ.