އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްކަން ވަގުތީ ގޮތުން ނިޔާއާ ހަވާލުކުރައްވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމު ވަގުތީ ގޮތުން އެމްޑީޕީ އުތުރު ޕްރޮވިންސްގެ ރައީސް ޢަލީ ނިޔާޒް (ނިޔާ) އާއި އެ ޕާޓީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު މިއަދު ހަވާލުކުރައްވައިފިއެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ނިޔާ ވަގުތީ ގޮތުން ހަމަޖައްސަވާފައި މިވަނީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހް ސިއްހީ ފަރުވާއަކަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމާއި ގުޅިގެންނެވެ.