އެމްޑީޕީ ކުޑަހުވަދޫ ދާއިރާގެ ނޫސް ބަޔާން

އަންނަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު އެމް.އެން.ޑީ.އެފް ސެންޓްރަލް އޭރިޔާއިން އިންތިޒާމް
ކުރައްވައިގެން ދ.ކުޑަހުވަދޫގައި ބޭވުމަށް ހަމަޖައްސަވާފައިވާ ފޮޓޯ މަޢުރަޒާއި ގުޅޭގޮތުން ދަންނަވަމެވެ.

7 ފެބުރުއަރީ 2012 ވަނަ ދުވަހު ދިވެހި ފުލުހުންނާއި ، ސިފައިން ގުޅިގެން ދިވެހި ރާއްޖެއަށް
ކުރިމަތި ކުރުވި ނުރައްކާތެރި ބަޣާވާތާއި، ފެބުރުއަރީ 8 ވަނަ ދުވަހުން ފެށިގެން މިއަދާއިހަމަޔަށް ފުލުހުންނާއި ސިފައިން ދިވެހި
ރައްޔިތުންނަށް ކޮށްފައިވާ އަނިޔާ ތަކާއި ގުޅިގެން ރައްޔިތުން ގިނަ ޢަދަދެއްގެ ބަޔަކު ތިޔަ ދެ މުއައްސަސާ އާއި މެދު ރުޅިވެރިކަމާއި ،ނަފުރަތު ފާޅުކުރަމުންދާ މިފަދަ ދުވަސްވަރެއްގައި އިތުރަށް ރައްޔިތުން ރުޅިއެރުވުމުގެ ގޮތުން ސެންޓްރަލް އޭރިޔާއިން ދ.ކުޑަހުވަދޫގެ މާޙަވްލު ކިލަނބުކޮށް ރައްޔިތުންނަށް އިތުރަށް އަނިޔާކޮށް ބަޔަކު ހައްޔަރު ކުރުމުގެ މަކަރުވެރި ރޭވުމެއްގެ ތެރެއިން ތިޔަފަދަ ޙަރަކާތެއް ކުޑަހުވަދޫގައި ހިންގެވުމަށް ރާއްވަވާފައިވާތީ އެމް.ޑީ.ޕީ ކުޑަހުވަދޫ ދާއިރާއިން އެކަން ނިހާޔަތަށް ކުށްވެރިކޮށް އެކަން ކުޑަހުވަދޫގައި ނުކުރެއްވުމަށް އެމް.އެން.ޑީ.އެފް ސެންޓްރަލް އޭރިޔާގ ކޮމާންޑަރ ބުރިގޭޑިޔާ ޖެނެރަލް ޒަކަރިއްޔާ މަންޞޫރަށް ގޮވާލަމެވެ.

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި 8 ފެބުރުއަރީގެ އަނިޔާތަކާއި ގުޅިގެން ފުލުންނާއި ރައްޔިތުންނާ
ދެމެދު ބޮޑެތި ކުރިމަތި ލުންތަކެއް ހިނގާފައިވީ ނަމަވެސް ކުޑަހުވަދޫގެ ވެށި ރައްކާތެރިކަމާއިއެކު ބޭވޭތޯ މި ޕާޓީން ވިސްނުންތެރިކާމާއިއެކު މަސައްކަތްތަކެއް ކުރެވިފައި ވާނެވެ. ނަމަވެސް އިތުރައް ރައްޔިތުން ރުޅިއެރުވުމުގެ ވިސްނުމެއްގެ ތެރެއިން މިފަދަ ޙީލަތްތެރި އިވެންޓްތައް މިދުވަސްވަރު ރާވައި ހިންގާނަމަ މި ޕާޓީން އެކަމާއި އިޙްތިޖާޖު ކުރާނެ ވާހަކަވެސް ދެންނެވީމެވެ.

27 މާރޗް 2012

ޝާޠިރު ޢަބްދުއްރަޙްމާން

ދާއިރާ ރައީސ