އެމްޑީޕީގެ އިންސާފުގެ މައިދާން ފުލުހުންނާއި ސިފައިން ރޫޅާލައިފި

6.00 ދަރުބާރުގެ ހިމެނޭ ސަރަހައްދުގައި ފުލުހުންނާއި އާންމުންނާއި ދެމެދު އަދިވެސް ކުރިމަތިލުންތައް ހިނގަމުންދާކަމުގެ މައުލޫމާތު އެބަލިބޭ. މާރާމާރީ ހިންގުމަށް ބޭނުންކުރާ ތަކެތިކަމަށް ބުނެ، ރާޅުގަނޑު ސަރަހައްދުން ލަކުޑިބުރި ފަދަ ތަކެތި ފުލުހުން އެއްކުރަމުންދާކަމަށް މައުލޫމާތުލިބޭ.

5.50 މުޅި ސަރަހައްދު އެކީ ފުލުހުން ސުންނަފަތި ކޮށްފި. އެމްޑީޕީން ވަނީ މިކަން ކުށްވެރިކޮށް ނޫސް ބަޔާނެއް ވެސް ނެރެފައި

4.28 ރާއްޖެ ޓީވީގެ ލައިވް ކުރާ ކޭބަލް ކަނޑާލައިފި. ފޮޓޯގްރާފަރުންނާ މީޑިޔާ އެސަރަހައްދުން ބޭރުކޮށްފި

4.21 ފުލުހުން ހިންގަމުން ގެންދާ އަމަލުތައް އާއްމުންނަށް ފެނިދާނެތީވެ އެސަރަހައްދުގައި ތިބި ނޫސްވެރިން އެސަރަހައްދުން ދޫކޮށް ދިއުމަށް ތަކުރާރުކޮށް އިންޒާރު އެބަދޭ

4.15 އެމްޑީޕީގެ އިންސާފުގެ މައިދާން ފުލުހުންނާއި ސިފައިން ޙިސާރުކޮށްފި. އެ ސަރަހައްދުން ނޫސްވެރިން ވެސް ވަނީ ފޮނުވާލާފައި