ރައީސް ނަޝީދު ކާށިދޫގައި އެމްޑީޕީގެ 3 ޖަގަހައެއް ހުޅުވައިދެއްވައިފި

ރާއްޖޭގެ އިންތިޚާބީ ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު، މާލެއަތޮޅު ކާށިދޫގައި އެމްޑީޕީގެ 3 ޖަގަހައެއް ހުޅުވައިދެއްވައިފިއެވެ.

އެމަނިކުފާނު މި ތިން ޖަގަހަ ހުޅުވައިދެއްވީ އިއްޔެ އެރަށަށް ކުރެއްވި ދަތުރު ފުޅެއްގައެވެ.
މިތިން ޖަގަހައަކީ އުތުރުވެށި ޖަގަހައާއި މުސްތަރީ ޖަގަހަ އަދި ޒުވާނުންގެ އައްޑާއެވެ.

މިތިން ޖަގަހަވެސް ހުޅުވާފައިވަނީ ލައިވް ބޮޑުބެރާއެކުއެވެ. މިތިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައިވެސް ކާށިދޫގެ ހުރިހާ އުމުރު ފުރާއެއްގެ ދެޖިންސުގެ ގިނަޢަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ