ބަޣާވާތާއި، އަނިޔާކުރުމާއި ދެކޮޅަށް ޒުވާނުން ސުލްހަވެރި ހިނގާލުމެއް ބާއްވައިފި

zuvaanunge-muzaahara

7 ފެބްރުއަރީގައި ސިފައިންނާއި ފުލުހުންގެ ބަޔަކު ހައްލާލައިގެން ރާއްޖޭގެ ބައެއް މަހުޖަނުންނާއި، ސިޔާސީ ބައެއް ފަރާތްތަކުން ރާއްޖެއަށް ގެނައި ނުރައްކާތެރި ބަޣާވާތާއި، އެ ބަޣާވާތަށް ފަހު ވެރިކަމާ އަމިއްލައަށް ހަވާލުވި ބަޣާވާތުގެ އިސް ލީޑަރު، ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުޙަންމަދު ވަޙީދު ޙަސަން މަނިކުގެ ބާޣީ ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ޒުވާނުން މިއަދު ސުލްހަވެރި ހިނގާލުމެއް ބާއްވައިފިއެވެ.

މާލޭގައި ހަރަކާތްތެރިވާ ގިނަ ޢަދަދެއްގެ ކްލަބްތަކުން އިސްނަގައިގެން މާލޭގެ ބޮޑެތި މަގުތަކުގައި ސުލްހަވެރިކަމާއި އެކު އަޑު އުފުލައި ބޭއްވި މިމުޒާހަރާގައި ދެޖިންސުގެ ޒުވާނުންވެސްވަނީ ބައިވެރިވެފައެވެ.

މާލޭގައި ހަރަކާތްތެރިވާ ގިނަ ޢަދަދެއްގެ ކްލަބްތަކުން އިސްނަގައިގެން މާލޭގެ ބޮޑޮތި މަގުތަކުގައި ސުލްހަވެރިކަމާއި އެކު އަޑު އުފުލައި ބޭއްވި މިމުޒާހަރާގައި ދެޖިންސުގެ ޒުވާނުންވެސްވަނީ ބައިވެރިވެފައެވެ.

ޒުވާނުންގެ މުޒާހަރާގައި މައިގަނޑުގޮތެއްގައި ޑިމާންޑް ކޮށްފައިވަނީ ބާޣީން ރައްޔިތުންނަށް މިހާރު ކުރަމުންގެންދާ އަނިޔާތައް ކުރުން ހުއްޓާލުމަށާއި އެމްޑީޕީން އެދެމުންދާ އަވަސް އިންސާފުވެރި އިންތިހާބަށް ދިއުމަށެވެ. އަދި ޒުވާނުން ބޭނުންވަނީ އަނިޔާ ނުކުރާ ސަރުކާރެއްކަމަށާއި ޒުވާނުންގެ ހިއްސާއާއިއެކު ރައްޔިތުންގެ ވޯޓުން ހޮވާ ވެރިއެއްކަމަށްވެސް ޒުވާނުންވަނީ މުޒާހަރާގައި ގޮވާލާފައެވެ.

ޒުވާނުންގެ މުޒާހަރާ ކުރިއަށް ދިޔައިރު މަޖީދީ މަގުން ނަލަހިޔާ ހޮޓެލް ކުރިމަތިން އޯކިޑްމަގަށް ނުވަދެވޭގޮތަށް ބާޣީ ސަރުކާރުގެ ފުލުހުންވަނީ މަގުތައް ބަންދުކޮށްފައެވެ. މިއީ ބާޣީ ވަހީދު ދިރިއުޅޭ ހިލާލީ ގޭދޮށަށް ޒުވާނުން އެއްވެ މުޒާހަރާކޮށްފާނެތީ ބާޣީން ބިރުންކުރިކަމެއްކަމަށް މުޒާހަރާގައި ބައިވެރިވި ޒުވާނުން ބުނެއެވެ.