ދިވެހި ޒުވާނުން އިސްނަގައިގެން ބާއްވާ ވަރަށް ޚާއްޞަ ހިނގާލުމެއް މިއަދު ހަވީރު މާލޭގައި ބޭއްވޭނެ

eagles-ge-hingaalunބާޣީ ސަރުކާރާއި، އަނިޔާވެރިކަމާ ދެކޮޅަށް ކްލަބް އީގަލްސް އިން ބޭއްވި ހިނގާލުން..

ދިވެހި ޒުވާނުން އިސްނަގައިގެން ބާއްވާ ވަރަށް ޚާއްޞަ ހިނގާލުމެއް މިއަދު ހަވީރު މާލޭގައި އޮންނާނެއެވެ.

މާލޭގެ ތިންބާރު ވަކިކުރި ސަރަޙައްދުން ފެށުމަށް ހަމަޖެހިފައިވާ މިހިނގާލުމަކީ ރާއްޖޭގެ ގާނޫނު އަސާސީއާ ދިވެހިންގެ ތެރެއިން ފައިސާވެރި ބަޔަކު ޚިލާފްވެ ރިޝްވަތުދީގެން ދިވެހި ސިފައިންނާ ފުލުހުންގެ ތެރެއިން ބަޔަކު ކުށްޔަށްހިފައި، ހިންގި މިލިޓަރީ ބަޣާވާތަކުން ރައްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މައްޗަށް ބިރުދެއްކުމާއެކު އަވަހާރަ ކޮށްލާނެ ކަމުގެ އިންޒާޒުދީ ވެރިކަން ވައްޓާލި ހަޑިމުޑުދާރު އިންސާނިއްޔަތާ ޚިލާފް ޓެރަރިސްޓް އަމަލު ކުއްވެރިކޮށް ދިވެހި ޒުވާނުން ބާއްވާ ޚާއްޞަހިނގާލުމެކެވެ. އެހެންކަމުން މިހިނގާލުން ވެގެންދާނީ މިހާތަނަށް އެންމެގިނަ ދިވެހި ޒުވާނުން ބައިވެރިވާ އެންމެ ބޮޑު ހިނގާލުންކަމަށް އެމްޑީޕީގެ ރޭގެ އެއްވުމުގެ ފަރާތުން ވަނީ ވިދާޅުވެފައެވެ.

ދިވެހި ރާއްޖޭގައި އިންތިޚާބީ ރައީސަކަށް މެނުވީ ރައްޔިތުން ތާއީދު ނުކުރާނޭކަން ބަޔާންކޮށް ރައްޔިތުންގެ ޝުޢޫރު ފާޅުކުރުމަށްޓަކާ ބާއްވާ މިހިނގާލުމަކީ އެމްޑީޕީގެ އިންޞާފްގެ ދަތުރާ އަލަށް ގުޅުނު ފަރާތްތަކުން އިންތިޒާމް ކޮށްގެން ބާއްވާ އިހްތިޖާޖީ ހިނގާލުމެކެވެ. އަދި މިހިނގައިދިޔަ ރައްޔިތުންގެ ލެޔާކުޅެލި އަނިޔާވެރި ބަޣާވާތް ކުއްވެރިކޮށް ރައްޔިތުންނަށް ދެމުންގެންދާ ލާއިންސާނީ އަނިޔާތަކާ ދެކޮޅުހެދުމުގެ ގޮތުން މިހނގާލުމުގައި ބައިވެރިން އަޑުއުފުލާނެއެވެ.
އަދި މިހާރު ވެރިކަން ފޭރިގެން ހުންނެވި ބާޣީވަޙީދާ މިކަމުގައި އޭނާއާ ބައިވެރިވި އެންމެހައި ބާޣީން ރައްޔިތުންގެ ވެރިކަން ޚިޞާރުކޮށްގެ އެތިބަ ތިބުން ކުށްވެރިކޮށް މިއިހުތިޖާޖުގައި އަޑުއުފުލާނެއެވެ.