އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު މިއަދު ހަވީރު މާލެ ވަޑައިގަންނަވާނެ

muzaahara-134

އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު މިއަދު ހަވީރު މާލެ ވަޑައިގަންނަވާނެއެވެ.

އެމަނިކުފާނަށް މަރުހަބާ ދެންނެވުން އޮންނާނީ މިއަދު ހަވީރު 5.30 ގައި ފޮރިންގ އެފެއަރޒް ކުރިމަތީގައެވެ. އެހެން ކަމުން މިއަދު ހަވީރު، އެމްޑީޕީގެ އެންމެހާ މެންބަރުންނާއި، އެމްޑީޕީއަށް ހެޔޮއެދޭ އަދި ތާޢީދުކުރައްވާ ހުރިހާ ފަރާތަކުން ފޮރިންގ އެފެއަރޒް ކުރިމައްޗަށް ހާޒިރުވުމަށް އެމްޑީޕީން އެދެއެވެ.

މޫސަ މާލެވަޑައިމިގަންނަވަނީ ފެބްރުއަރީ 8 ވަނަ ދުވަހު ބާޣީ ސަރުކާރާ ދެކޮޅަށް އެމްޑީޕީން ބޭއްވި ސުލްހަވެރި ހިނގާލުން ރޫޅާލުމުގައި ބާޣީ ސަރުކާރުގެ ސިފައިންނާއި ފުލުހުން ދިން ލާއިންސާނީ ހަމަލާތަކުގައި ވަރަށް ބޮޑަށް ޒަޚަމްވެ، އެ ޒަޚަމްތަކަށް 18 ދުވަސް ވަންދެން ރާއްޖެއިން ބޭރުގައި ފަރުވާކުރެއްވުމަށްފަހު އެވެ.

މިއަދުން ފެށިގެން އެމްޑީޕީގެ ސުލްހަވެރި އެއްވުމުގައި މޫސަ ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާނެއެވެ.