މާލެތެރޭގައި ބަޔަކު ހިންގަމުން ގެންދާ ގޭންގް މާރާމާރީތައް ކުރުމުއްދަތެއްގެ ތެރޭގައި ނިމުމަކަށް ގެނެސް ދެއްވާނެކަމުގައި ޢަލީ ވަޙީދު ވިދާޅުވެއްޖެ

ފަހަލަ ސައިދު

haruge-dheneh-nukiyeyne-15-01-2012-66

ފޮރުވިގެން އަޑީގައި ތިބިބަޔަކު މާލެތެރޭގައި ހިންގަމުން ގެންދާ ގޭންގް މާރާމާރީތައް ވަރަށް ކުރު މުއްދަތެއްގައި ޙައްލުކޮށް ރައްޔިތުން އަމިއްލަ ދިރުއުޅުމާ ތަރައްގީގެ ޙަރަކާތްތަކުގައި މިނިވަންކަމާ އެކު ދެމިތިބެވޭނޭ މާޙައުލެއް ގާއިމްކޮށްދެއްވާނޭކަމުގައި އެމްޑިޕީގެ ޕާލަމެންޓްރީގްރޫޕްގެ މެންބަރ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރުޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޢަދުލު އިންޞާފް ދާއިރާ އިދިކޮޅު ފަރާތްތަކުން ކޮށްފައިވާ ޚިޞާރުން މިނިވަން ކުރުމަށްޓަކާ އެމްޑީޕީގެ ފަރާތުން ހިންގަވާ ޕާޓީގެ ވައުދު ” އަދުލު އިންޞާފް ” ގެދަތުރު މިސިލްސިލާގެ ދަށުން ރޭ އެމްޑީޕީގެ މައި ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޢަލީ ވަޙީދު ވިދާޅުވީ މިގައުމުގެ ޢަދުލު އިންޞާފް ނަގާލި މުއްލާއިންގެ ތެރޭގައި ހިމެނޭ ޢަބުދުﷲ މުޙައްމަދުގެ މައްސަލަ ނިންމަވައި، އޭނާ އެ މަގާމުން ދުރުކޮށް އޭނާގެ އަމިއްލަ ދިރިއުޅުމުގައި އޭނާ ގެންގޮސް ބަހައްޓަވައިދެއްވާނޭ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާކަމަށާއި، ރައީސުލް ޖުމްހޫރިޔާއަށް ގާނޫނު އަސާސީއިން ލިބިދީފައިވާ ބާރުގެ ދަށުން ޖޭއެސްސީގެ ރައީސް މިހާރުން މިހާރަށް ހިފާހައްރު ކޮށް އޭނާ ހިންގާފައިވަ ޖަރީމާތަކުގެ މައްސަލަ ބެލޭނޭފަދަ ފަނޑިޔާރުގެއެއް މިރާއްޖޭގައި ގާއިމް ވެގެންދިއުމަކީ ރައްޔިތުންގެ އުންމީދެއް ކަމުގައެވެ.
ޢަލީ ވަޙީދު އަދި ވިދާޅުވީ ކުރީގެ ރައީސްގެ ކޮއްކޮ ޢަބުދުﷲ ޙަމީދުގެ މައްސަލައާއި، ކުރީގެ ރައީސްގެ އަނެއް ކޮއްކޮ ޢަބުދުﷲ ޔާމީނާއި، ދެންހުރި ކޮއްކޮ ޢަދުﷲ އަލްގީންގެ މައްސަލައާއި، ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ނާޒިމްގެ މައްސަލައާއި، ރެޑްވޭވް ސަލީމުގެ މައްސަލައާއި، ކުރީގެ ރައީސްގެ ޅިޔަނު އިލްޔާސް އިބްރާހީމުގެ މައްސަލައާއި، ކުރީގެ ރައީސްގެ ދަރިކަލުން ޣައްސާނު މައުމޫނު އެންދެރިމާގޭ މަތިން 6 ފޫޓުގެ ލަކުޑިބުރިއެއް ވައްޓާލައި، ޒުވާނަކު މަރާއި ހަނގުރާމަ ކުރަމުންދާ އެ ހިތާމަވެރި ސީރިޔަސް މައްސަލައާއި ގުޅިފައިވަނީ ކްރިމިނަލް ކޯޓުގެ މިލްކުވެރިޔާ ކަމަށް ދައުވާ ކުރައްވާ ޢަބުﷲ މުޙައްމަދު ކަމަށް ވީހިނދު މިއެންމެހައި މައްސަލަތަކަށް ފަސްއަޅައި ފޮރުވުމަށްޓަކާ އިދިކޮޅުފަރާތްތަކުން އެހިންގާ ޖަރީމާތައް އެމްޑީޕީގެ އިންޞާފްގެ މިދަތުރު ގައި ނިންމާލާނީ ރައްޔިތުން ބޭނުންވި ފަދަ ހަމަ ހަމަ އިންޞާފްވެރި ފަނޑިޔާރުގެއެއް ގާއިމްކޮށްދީފައި ކަމުގައެވެ.

ފަނޑިޔާރުގެ ޚިޞާރުން މިނިވަން ކުރުމަށް މިޕާޓީން މިމަހުގެ 17ވަނަ ދުވަހު ބާއްވާ ސުލްޙަވެރި އެއްވުމަކީ މިކަން ނިމުމަކަށް ގެނެވޭނެ ދަވަސް ކަމުގައިވެސް ޢަލީވަޙީދު ވިދާޅުވިއެވެ.