ނޫސް ބަޔާން: އެމްޑީޕީ ދުވާފަރު ދާއިރާގެ ނޫސް ބަޔާން

ޚުދުމުޚުތާރު ޝަރުޢީ ނިޒާމަކަށް ޖާގައެއް ނުދޭނަން

mdp-logo-150-x-157

ޚުދުމުޚުތާރު ދިގު 30 އަހަރުގެ ވެރިކަން ދިވެހި ރައްޔިތުން ނިމުމަކަށް ގެނައީ މިނިވަން ޝަރުޢީ ނިޒާމެއްގެފޮނި އުއްމީދުގައެވެ.ތިން ބާރު އޭގެ ޒާތުގައި ހަމައެކަނި ވަކިވުމަކުން ނުފުދެއެވެ. އެބާރުތައްހިނގަންޖެހޭނީ ނުފޫޒުތަކުން އެއްކިބާވެތިބެ މިނިވަންކަމާއި އެކުގައިކަން ޤާނޫނުއަސާސީ ބުނެދެއެވެ. ޤާނުނީ ދައުލަތެއް ހިންގަން ބޭނުންނަމަ ތިންބާރުންވެސް ޤާނޫނުއަސާސީއާއި ޤާނުންކަނޑައަޅާފައިވާ އިޚްތިސާސް ގައި މަސައްކަތްކުރަންޖެހެއެވެ. މީގެންއެއްވެސްބާރަކުން މިނޫންގޮތަކަށް މަސައްކަތްކުރާނަމަ އެކަން ހަމަމަގަށް އެޅުވުމުމަށް ދައުލަތުގެ އެންމެ މަތިވެރިޔާ މަސައްކަތްކުރަންޖެހޭނެކަން އަޅުގަނޑުމެން ޤަބޫލުކުރަމެވެ.

މިއަދު ޤައުމަށް ދިމާވެފައި ޙާލަތަށްބަލާއިރު މި ފާހަގަކުރެ ވެނީ ދައުލަތުގެ އެއްބާރުކަމުގައިވާ ޢަދުލުއިންސާފް ޤާއިމްކުރުމުގެ ބާރު ހަމައިންނެއްޓި އިޚްތިސާސްގެ ބޭރުގައި މަސައްކަތްކުރާތަނެވެ. ޤާނޫނަކަށް ޤަވާޢިދަކަށް ބެލުމެއްނެތި ހިތުހުރިގޮތަކަށް ޙުކުމްކުރާތަނެވެ. ޤާނޫނުއަސާސީ އާއި ޚިލާފަށް އެކުލަވާލާފައިވާ ފަނޑިޔާރުގެތަކަކުން އިތުރަށް ޤާނުންބޭރުވެ ޢަދުލު އިންސާފަށް ރައްޔިތުންކުރާ އިތުބާރަށް ފައިން އަރާ މަންޒަރެވެ. އިންސާފުހޯދަންއޮތް މަގުއެއްކޮށް ބަންދުކުރާތަނެވެ. މިފެންނަނީ ޚުދުމުޚުތާރު ވެރިކަމަކުން ވާރުތަވެފއިވާ ޚުދުމުޚުތާރު ޝަރުޢީ ނިޒާމެއް އޭގެ އެންމެ ހަލުއިމިނުގައި ހިނގަމުންދާ މަންޒަރެވެ. މިއީ މިގެނެވުނު ހެޔޮބަދަލާއިއެކު ދިވެހި އެއްވެސް ރައްޔިތަކު ދެކެންބޭނުންވި މަންޒަރެއްނޫނެވެ. މިކަން ނިމުމަކަށް ގެނެވެންއޮތް ހަމައެކަނި ގޮތަކީ މިއަދު ދައުލަތުގެ އެންމެ މަތީވެރިޔާ އަދި ދައުލަތުގެ ތިން ބާރުގެ ތެރެއިން ހަމައެކަނި ރައްޔިތުންގެ ފުރިހަމަ އަޤުލަބިއްޔަތުން އިންތިޚާބްކޮށް އަދި ޤާނޫނު އަސާސީއިން ޤާނުނުއަސާސީ ދެމެހެއްޓުމުގެ އެންމެ މަތީ މަސްއޫލިއްޔަތު ޙަވާލުކުރައްވާފައިވާ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ކުރައްވާ ބުރަ މަސައްކަތަށް ދިވެހި އެންމެހާ ރައްޔިތުން ތާޢިދުކުރުމެވެ. އަޅުގަނޑުމެން މި ގޮވާލަނީ ޤާނޫނުއަސާސީ ނެގެހެއްޓުމަށް ދައުލަތުގެ އެންމެމަތީވެރިޔާ ކުރައްވާ އިޚްލާސްތެރި މަސައްކަތް ހުއްޓާނުލާކުރިއަށް ގެންދިއުމަށެވެ. މިހާރު ހނގަމުންމިދާ ޚުދުމުޚުތާރު ޝަރުޢީ ނިޒާމް ބަދަލުކުރުމަށް އަޅުގަނޑުމެންނަށް ކުރެވެންއޮތް ކޮންމެ ކަމެއް ކުރާނެކަމުގެ ޔަޤީންކަން އަރުވަމެވެ.