ކުއްލި ޚަބަރު: ފިއްލަދޫ ކައުންސިލްގެ ރައީސް ކަމުން ވިޖާން ވަކިކޮށްފި

ހއ. ފިއްލަދޫ ކައުންސިލްގެ ރައީސް ކަމުން އެ ކައުންސިލްގެ ރައީސް ޑީއާރުޕީ މެންބަރު މުޙައްމަދު ވިޖާން މިއަދު ވަކިކޮށްފިއެވެ.

ފިއްލަދޫ ކައުންސިލުގައި ތިއްބަވަނީ އެމްޑީޕީގެ 3 މެންބަރުންނާއި ޑީއާރުޕީގެ 2 ކައުންސިލަރުންނެވެ. ވިޖާންގެ މައްޗަށް އިތުބާރުނެތް ކަމަށް މިއަދު ނެގި ސިއްރު ވޯޓުގައި 3 މެންބަރުންގެ އަޤްލަބިއްޔަތުން ވިޖާން އެ މަގާމުން ވަކިކޮށްފައިވަނީ އޭނާ ގާނޫނާއި ގަވައިދާއި ޚިލާފަށް ގިނަ ކަންތައްތަކެއް ނިންމަމުން ދިއުމާއި، ރައްޔިތުންނަށް ފައިދާ ހުރި އެއްވެސް ކަމެއްގައި އޭނާގެ އެހީތެރިކަން ނުލިބޭތީ ކަމަށް ފިއްލަދޫ ކައުންސިލެގެ މެންބަރަކު ވިދާޅުވިއެވެ.