ޤާނޫނު އަސާސީ ޙިމާޔަތްކުރުމަށް ސަރުކާރަށް އެއްބާރުލުން ދިނުމަށް ހޯރަފުށީ ކައުންސިލް އިޤުރާރުވެއްޖެ

އިބްރާހީމް ރާމިޒް

hep-meets-hoarafushi-council-440-x-293ރައީސުލްޖުމްހޫރިއްޔާ ހޯރަފުށީ ކައުންސިލާ ބައްދަލުކުރައްވަނީ .. ފޮޓޯ: ރައީސް އޮފީސް

ދިވެހި ރައްޔިތުންގެ އާންމު މަސްލަޙަތު ހިފެހެއްޓުމަށާއި، ޤާނޫނު އަސާސީ ޙިމާޔަތްކުރުމަށް ސަރުކާރަށް އަށް އެއްބާރުލުން ދިނުމަށް ހޯރަފުށީ ކައުންސިލް އިޤުރާރުވެއްޖެއެވެ.

އިއްޔެ ބޭއްވި އެ ކައުންސިލްގެ ކުއްލި ޖަލްސާ އެއް ގައި ފާސްކުރި ޤަރާރެއްގައިވާ ގޮތުން ދިވެހިރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ އާންމު މަސްލަހަތު ހިފަހައްޓައި، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ހިމާޔަތްކޮށް ނެގެހެއްޓުމަށް ދައުލަތުގެ އެންމެ މަތީ ވެރިޔާ ކުރައްވާ ކޮންމެ ކަމެއްގައި، ބޭނުންވާ ކޮންމެ ހިނދަކު އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށާއި، އެ މަސައްކަތުގައި ދައުލަތުގެ ސަލާމަތީ ބާރުތަކަށް ވާގިވެރިވެ އެހީތެރިވެ ދިނުމަށް ހޯރަފުށީ ކައުންސިލުން ވަނީ ފާސްކޮށްފައެވެ.

އަދި އާންމުންނާއި ސަރުކާރުގެ މުދަލަށް ގެއްލުންދިނުން ހުއްޓާލުމަށާއި، ސަރުކާރުގެ ތަރައްޤީގެ މަސައްކަތްތަކަށް ހުރަސްނޭޅުމަށާއި، ސަރުކާރާއި ދެކޮޅަށް ސާބިތު ނުހިފޭ ދޮގު ވާހަކަދެއްކުން ހުއްޓާލުމަށް ވެސް މި ޤަރާރުގައި، ހޯރަފުށީ ކައުންސިލުން އިދިކޮޅު ފަރާތްތަކަށް ގޮވާލާފައިވެއެވެ.

ހޯރަފުށީ ކައުންސިލްގެ ޤަރާރު ވިދާޅުވުމަށް މި ލިންކަށް ފިއްތަވާލައްވާ