މުހައްމަދު ތަކުރުފާނަށް ފަހު މިރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވި ގައުމީ ބަޠަލަކީ ރައީސް ނަޝީދު – އަލްހާން

ފަހަލަ ސައީދު

alhaan-fahumy-haruge

މުޙައްމަދު ތަކުރުފާނަށް ފަހު، މި ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވި ގައުމީ ބަޠަލަކީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ކަމަށް އެމްޑީޕީގެ ނައިބު ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި އެ ޕާޓީގެ “ތިޔަހެނެއް ނުކިޔޭނެ” މި ސިލްސިލާގެ ޖަލްސާ ގައި ވާހަކަފުޅުދައްކަވަމުން އަލްހާން ވިދާޅުވީ ޒަމާންތަކެއް ވަންދެން މިރާއްޖޭގެ ރައްޔިތުން އަޅުވެތިކުރުވާފައިވާ އަޅުވެތިކަމުން ދިވެހި އުންމަތް ސަލާމަތްކޮށްދެއްވައި، ރައްޔިތުންގެ ހިތާއި ދުލުގެ މިނިވަންކަން ހޯއްދަވައިދެއްވި ފަޚުރުވެރި ގައުމީ ބަޠަލަކީ ރައީސް ނަޝީދު ކަމަށް ވުމާއެކު، އެމަނިކުފާނުގެ ވެރިކަން ނެގެހެއްޓުމަށްޓަކައި ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ ކަމެއް ވެސް ކުރައްވަން ތައްޔާރަށް ހުންނެވި ކަމުގައެވެ.

ގަލަމާއި، ދުލުގެ މިނިވަން ކަމަކީ ހިތަށް އެރިހައި ރޯ ބުހުތާނު ވާހަކަތައް ފެތުރުން ނޫން ކަމަށާއި، މި ގައުމުގައި ފިތުނަ ފަސާދަ އުފައްދާ ފަރާތްތަކާ މެދު، ޤާނޫނީ ފިޔަވަޅުއެޅުއްވުމަށް ޤާނޫނީ ގޮތުން ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރެއްވުމަށް އަލްހާން، ރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާއަށް ގޮވާލެއްވިއެވެ.