އެމްޑީޕީގެ ޚާއްސަ ޖަލްސާ އެއް މިރޭ އެ ޕާޓީގެ ހަރުގޭގައި އޮންނާނެ

– މިރޭގެ ޖަލްސާ އަކީ އެމްޑީޕީން ފަށާ ޚާއްސަ ކެމްޕެއިނެއް ކަމަށްވާ “ތިހެނެއް ނުކިޔޭނެ” ކެމްޕެއިން އިފްތިތާޙްކުރުމަށް ބާއްވާ ޚާއްސަ ޖަލްސާ އެއް

އިބްރާހީމް ރާމިޒް

އެމްޑީޕީގެ ޚާއްސަ ޖަލްސާ އެއް މިރޭ އެ ޕާޓީގެ ހަރުގޭގައި އޮންނާނެއެވެ.

މި ޖަލްސާ ގައި އެމްޑީޕީގެ ލޮބުވެތި މެންބަރުންނާއި، އެ ޕާޓީއަށް ތާޢީދުކުރައްވާ އަދި ހެޔޮއެދިވަޑައިގަންނަވާ އެންމެހާ ފަރާތްތަކުން ބައިވެރިވެވަޑައިގަތުމަށް އެ ޕާޓީން އެދެއެވެ.

މިރޭގެ ޖަލްސާ ގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނާއި، ބައެއް ވަޒީރުންނާއި، އެމްޑީޕީގެ ބައެއް ކޮމިޓީތަކުގެ ބޭފުޅުން ވާހަކަދައްކަވާނެއެވެ.

އެމްޑީޕީން ފަށާ ޚާއްސަ ކެމްޕެއިނެއް ކަމަށްވާ “ތިހެނެއް ނުކިޔޭނެ” ކެމްޕެއިން އިފްތިތާޙްކުރުމަށް ބާއްވާ މި ޖަލްސާ ފެށޭނީ މިރޭ 8.45 ގައެވެ