މެމްބަރުންގެ ޚިޔާލު: އަމިއްލަ އެދުމުން ފުރިފައިވާ އެއްވެސް މީހަކު މިސަރުކާރާ މެދު ހިތްހަމައެއް ނުޖެހޭނެ

ފަހަލަ ސަޢީދު

އަމިއްލަ އެދުމުން ފުރިގެންވާ އެއްވެސް މީހަކު މިސަރުކާރާ މެދު ހިތްހަމަ ނުޖެހޭނެކަމީ ޝައްކެތްވެސް ހުރިކަމެއްނޫނެވެ.
ސަބަބަކީ މިސަރުކާރަކީ ވަކި ވަކި ފަރުދުން ނަށް ނާޖާއިޒް ގޮތްގޮތަށް ފައިސާ ނަގާފައިދޭ ސަރުކާރަކަށް ނުވުމެވެ. ނޫންނަމަ ރަށްރަށުގެ ބާރުގަދަ މީހުންނަށް ސަރުކާރުން މަސްދޯނިފަހަރާ ޖަނަރޭޓަރު ދީފައި އެތަކެއްޗަކީ މައުމޫނު ދެއްވި ހަދިޔާއެކޭ މިހާރަކު ނުބުނާނެއެވެ.

އެހެންކަމާއެކު ޒަމާނުއްސުރެ އަޅުގަނޑުމެންގެ ހަށީގައި މިވަނީ މިދެންނެވިފަދަ ކޮރަޕްޝަންގެ ވަބާ އަށަގެންފައެވެ. ދިމާވާ ބައެއް ކަންކަމަކީ ފަޅުރަށެއް ބޭނުންވެގެން އުޅޭ ކޮންމެމީހަކަށް ފަޅުރަށެއްނުލިބުން ކަމަށް ބުނެފާނެއެވެ. އެކަމަކު އެފަޅުރަށް ހޯދުމަށްޓަކާ ފުރިހަމަ ކުރަންޖެހޭ އިޖްރާތް ތައް ފުރިހަމަކޮށްގެން އެފަޅުރަށް ހޯދަން ދާންޖެހޭ ގާނޫނީ ދިމާއަކަށް ރައްޔިތުމީހާ ދަތުރެއްނުކުރެއެވެ. ފަޅުރަށްވެސް އޭނާއަށް އެތެރެ އެތެރެއިން ކޮންމެސް ހަޑިއެއް ހާވާފައި ނަމަވެސް ލިބެން ޖެހޭނެ ކަމަށް ގަބޫލު ކުރާ ކިތަންމެ ކިތަންމެ ބަޔަކުވެސް ތިބެފާނެއެވެ.

ނޫނީ ކޮންޓްރެކްޓް މަސައްކަތް ކުރާ ކޮންމެ މީހަކަށް ވެސް ނާޖާއިޒް ގޮތްގޮތަށް ފައިސާގެ ބޮޑެތި ޢަދަދުތައް ލިބޭނޭ
ކޮންޓްރެކްޓް ތައްލިބެންވާނެއެވެ. މި ޝަކުވާތައްކުރަމުން އެދަނީ ކުރިންވެސް އެގޮތަށް އުޅުނު ފަރާތް ތަކެވެ. ޕްރޮޕޯޒަލް ހަދައިގެން ގަވާއިދުން އެކަންކުރަނީ އޭރު މަދުބައެކެވެ. ހިތާމައަކީ ގަވާއިދުން އުޅުނު ފަރާތްތަށް އިނދަޖެހިގެން ދިއުމެވެ.
ޙަގީގަތުގައި ރާއްޖޭގެ ކޮންސްޓްރަކްޝަންގެ ދާއިރާއިރާގައި ތަޞައްރުފް ފުދިގެން ޙަރަކާތް ތެރިވަނީ މަދު ކުންފުނިތަކެކެވެ.
އެކުންފުނިތަކުން މަސައްކަތްކުރާ އުޞޫލުން އެހެން ހުރިހާ ކުންފުނިތައްވެސް ޙަރަކާތް ތެރިވާނަމަ ކޮރަޕްޝަނަށް ހުޅުވިފައިހުރި ބައެއްދޮރުތަކުގައި ތަޅުލެވިދާނެއެވެ.

65 އަރުވީ ކޮންމެ ދިވެއްސަކަށް =/2000 ރުފިޔާ ލިބުމުން ބަލަދުވެރިޔާ ކުރަމުން އައިހޭދައަށް ފައިސާ އިތުރުނުވޭހެއްވެ. ޖީބަށް ފައިސާ ލައިދެވޭނީ މިދެންނެވި ގޮތަށެވެ. ލިބޭ އާމްދަނީއެއްގެ ބޮޑުބައި ހޭދަވެގެންދަނީ ޞިއްހީ ފަރުވާ ހޯދުމަށެވެ. ފިކުރެއް ވިސްނުމެއްނެތި ކޮންމެ ރައްޔިތަކަށް ހިލޭ ބޭސްފަރުވާ ލިބުނީމާ އަނެއްކާވެސް ޖީބަށް އެ އަޅައިދެވުނީ ލިބެމުންއައި އާމް ދަނީގެ %45 އިންސައްތައެވެ. ބަލިވެގެން އެހެންރަށެއްގެ ސިއްޙީމަރުކަޒަށް ދާން ކުރި ދަތުރު ޚަރަދު އެތައްހާސް ރުފިޔާ އަކަށް އަރާފައިވަނިކޮށް އެ ދަތުރު އެންމެ =/20 ރުފިޔާ ކުޑަކޮށް ދީފައިވާއިރު ޖީބަށް އެލެލެވެނީ ކިހާވަރެއްތޯ ވިސްނާލުން މުހިންމެވެ. ހަމަ އެހެން މެ އެއްލާލެވިފައިވާ ނުކުޅެޅެދޭ ކުދިން ނަށް ސަރުކާރުން ބޯހިޔާވަހިކަން ދިނުމުން ކުރިން އެއްލާލައިގެން ތިބީ ރަންގަނޑެއްކަމުގެ އިޙުސާސް ކުރެވި އޯގާވެރި ފިރުމުންތަކާ ފުރިހަމަ ލޯބިދީގެން އެ ގެންގުޅެނީ ރަނެއް މަލެއްހެންނެވެ.

ކޮޓަރިއެއްގައި 16 މެންބަރުން ހިމެނޭ ޢާއިލާތައް އުޅުނު ހިތްދަތި އަސަރުން ފުރިގެންވާ ދިރިއުޅުމަށް އަލްވަދާޢު ކިޔާ އުފާރި މިނިވަން ބޯހިޔާވަހިކަމުގެ ރަންޒަމާން ދިވެހީންނަށް އައުމުން ހިތާރުޙަށް އުފާލިބިގެން މިދަނީ މިސަރުކާރުގެ އޯގާވެރި ސިޔާސަތުގެ ސަބަބުންކަން މިދެންނެވި ފަދަމީހުންގަބޫލެއް ނުކުރާނެއެވެ. ނަމަވެސް ނާޖާއިޒް ގޮތަކަށް ސިއްރުން ލާރިގަނޑެއް ދޭއިރަށް ސަރުކާރުވެސް ރަނގަޅުވާ ވައްތަރުގެ މީހުންނަކީ ކުރީގެ ސަރުކާރުތަކުން އުފައްދާފައިތިބި މީހުންނެވެ. އިނދެ ވަރި ކުރުމަށް.ފަހު ގިނަމީހުންދަނީ މަންމަ އަށް ދަރިފުޅު ދީފައެވެ. އެހިސާބުން ދަރިފުޅުގެ މަތިން ހަނދާން ނެތެއެވެ ދަރިފުޅު ހުންނަނީ މަންމަގެ ގާތުގައިކަމުން ދަރިފުޅު ނުކައި ހުންނަ މަންޒަރު ފެންނަނީ މަންމައަށެވެ.
އެހެންކަމުން މަންމަ ސަލާންޖަހައިގެން ނަމަވެސް ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރަން ބޭނުންވާނެއެވެ.

މިހިތްދަތި މާޔޫސީ ދުނިޔޭގައި އެކަނިވެރިމަންމަ އިންނަވަނިކޮށް އެމަންމަގެ ޙާލާމެދު ހަމަދަރުދީވި ސަރުކާރު ރަނގަޅު ނުވިބަޔަކަށް ދެންރަނގަޅުވާނީ ކުރިންއަޅުގަނޑު ދެންނެވިފަދައިން ނާޖާއިޒް ގޮތުގައި ފައިސާ ހޯދުން ތާއެވެ.
ލިބޭ އާމްދަނީގެ %35 އިންސައްތަ ކުދީންގެ ތަޢުޅީމަށް ހޭދަކުރަމުން ދަނިކޮށް މުޅިން ހިލޭ އެޚިދުމަތް ފޯރުކޮށްދިން ސަރުކާރަށް ތަޢުރީފްގެ ބަހެއް ރައްދު ނުކުރިބަޔަކު ދުވަހަކުވެސް ހަމަޔާ އިންޞާފް ގަބޫލެއް ނުކުރާނެއެވެ. ކުދިކުދި ރަށްރަށުގެ ބައިބޯ އާބާދީތަކުގައި ރަށުގެ ބިންގަނޑަށް ނަޖިސް ހިންދަންޖެހުމުގެ ސަބަބުން ކުރިމަތިވަމުން އައި ސިއްހީ މައްސަލަތަކާ ފެނުގެ މައްސަލަތައް ޙައްލުކޮށްދީ ރަށްރަރުގައި ނަރުދާ އަލާއިދޭ ސަރުކާރުވެސް ރަނަގަޅެއްނޫނެވެ.
ރައްޔިތުންނަށް ރަނގަޅީ ވަޢުދުތަކުގައި ކަޑަ ޖަހާސަރުކާރެވެ.

މަސްވެރިންބާނާ މަސްކޮޅު ކުރީގެ ސަރުކާރުން ހައިޖެކް ކޮށްފައިވަނިކޮށް މަސްވެރިން އެހައިޖެކުން މިނިވަންކޮށް ބައިނަލްއަގްވާމީ މާރުކޭޓްތަކަށް ރޯމަސްގަންނަ އަގު އެތަށްތަނަކުން ބޮޑުވެގެން އެފައިސާ މަސްވެރިޔާއަށް ހޯދައިދިން ސަރުކާރާމެދު ޙަގީގަތް ނުބަލާ މީހުންދައްހާ ވާހަކަތައް އަޑުއަހައިގެން ބުންޏޭ ބުންޏެކިޔާ ކުށެއްނެތް އެތަށްބަޔެއްގެ ބޮލުގައި ދޮގުބަދުނާމު އަޅުވާމީހުންނަކީ ރައްޔިތުން ފެލާލައިގެން ކުރިންވެސް އުޅުނު ރަތްލާޖެހި ބޮޑެތިވަގުން ކަން
ދެން މާލަހެއްނުވެ ރައްޔިތުންނަށް ހާމަވެގެން ހިގައިދާނެއެވެ. ވެރިކަމަކީ މައުމޫނަށްވެސް ވެރިކަން ދެއްވިﷲ ދެއްވާ އެއްޗެއް ކަމުން މިވެރިކަމަށް ﷲ ކަނޑައަޅުއްވާ ފައިފައިވާމުއްދަތު ހަމަވަންދެން މިވރިކަން ވެސް ދެމިއޮންނާނެއެވެ.
ފަސާދަކުރުމަކީ ﷲ ވަރަށްބޮޑަށް ޙަރާމް ކުރައްވާފައިވާ ކަމެކެވެ.

ފަސާދަކުރާމީހުންގެ ނުރައްކަލުން ރައްޔިތުން ސަލާމަތް ކުރުމުގެ ގާނޫނީ ޒިންމާ އުފުއްލެވުމަށް ގާނޫނުންބާރު ދީފައިވާ ފަރާތްތަކުން އެބޭފުޅުންގެ ގާނޫނީ ވާޖިބު އަދާ ނުކުރާނަމަ ރައްޔިތުންވެސް ނުކުންނަށް ޖެހިދާނެތާއެވެ. ތިބެންވާނީ ހޭލާ ބަލަ ބަލައެވެ. މަލްޓި ޕާޓީ ސިސްޓަމެއްގެ ތެރެއިން ރިޔާސީނިޒާމެއްގައި ވެރިކަން ކުރަމުންދާ މިދަނޑިވަޅު ރައްޔިތުންނަށް މިހާރު ވެރިކަން ކުރަމުން މިދާ ސިސްޓަމް ނޭނގުމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދޭ މައްސަލަތައް ވެސްމަދެއްނޫނެވެ، ފޮޑިއެއް ނުޖެހުނަސް ރައީސުލް ޖުމަހޫރިއްޔާ ޒިންމާ އުފުލަންޖެހުނު ޒަމާންމާޒީވެ ބާރުތައްވަކިވެ ރައީސުލްޖުމްހޫރިއްޔާ މިހާރު އެހުންނަވަނީ ސަރުކާރު ހިންގުމަށް އަތުކުރި އޮޅާލައިގެންނެވެ.