ފ.ދަރަބޫނދޫ “އަނެއް ދަރަބޫނދޫ ގޮފީގެ ރައީސާ ނާއިބު ރައީސް ހޮވުމަށް ބާއްވާ އިންތިޚާބު މިމަހު 16 ވަނަދުވަހު ބާއްވާ ގޮތަށް އެގޮފިން ނިންމައިފި.

6 ކެންޑިޑޭޓުން ވާދަކުރާ މިއިންތިޚާބުގެ ވޯޓުލުންއޮންނާނީ މިހިނގާ ޑިސެމްބަރ މަހުގެ 16 ވާ ހުކުރުދުވަހު ފ. ދަރަބޫނދޫ އިޖްތިމާޢީ މަރުކަޒްގައި ކަމަށް އެގޮފީގެ ފަރާތުން ޚަބަރު ދެއެވެ،

ހުކުރު ދުވަހު މެންދުރުފަހުގެ 2:00 ން ހަވީރު 6:00 އަށް ބާއްވާ މިއިލެކްޝަންގައި ވާދަކުރައްވާ 6 ކެންޑި ޑޭޓުންނަކީ:

• ރައީސްކަމަށް:
1 އަހުމަދުހުސައިނު ސިލްވަރ ލައިޓް ފ. ދަރަބޫނދޫ
2 ޢުބައިދުޢަލީ ސައިމާވިލާ ފ. ދަރަބޫނދޫ
3 މަޙުމޫދު ރަޝީދު ފަތަނގުމާގެ ފ. ދަރަބޫނދޫ

• ނައިބު ރައީސްކަމަށް:
1 އުޙައްމަދު ޢުމަރު ނޫރުވާދީ ފ. ދަރަބޫނދޫ
2 މުޙައްމަދު ޢަބުދުއްލަޠީފް ނޫރާނީހައުސް ފ. ދަރަބޫނދޫ
3 ޢަބީދު ޢަލީ ސައިމާވިލާ ފ. ދަރަބޫނދޫ

މިއިންތިޚާބުގައި ވޯޓު ދެއްވޭނީ އިލެކްޝަންގައި ރަޖިސްޓްރީ ކުރެވިފައިވާ އެމްޑީޕީގެ މެންބަރުންނަށެވެ.