އެމްޑީޕީން ރައްޔިތުންނަށްވެފައިވާ 5 ވަޢުދު ފުއްދާ ދެވިއްޖެ. ޗެއަރޕާސަން

ފަހަލަ ސަޢީދު

membarakumembareh021211-19

އެމްޑީޕީއިން ރައްޔިތުންނަށް ވެފައިވާ ފަސްޥަޢުދުގެ ތެރެއިން 4 ވަޢުދު ފުދިއްޖެ ކަމަށާ ރައްޔިތުންމިސަރުކާރު ވެރިކަމަށް ގެނައީ މިދެންނެވި މަގުޞަދު ޙާޞިލް ކުރުމަށް ކަމުގައި އެމްޑީޕީގެ ޗެއަރ ޕާސަން ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެންވިދާޅުވީ “މެންބަރަކު މެންބަރެއް” މިޝިޢާރު ލޯންޗުކުރުމަށްޓަކައި ރޭ ދަރުބާރުގޭގައި ބޭއްވި އެޕާޓީގެ ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމްޑީޕީގެ ކޮންމެ މެންބަރަކު ޕާޓީއަށް މެންބަރަކު ގެނައުމަށްޓަކައި ލޯންޗުކުރި ޝިޢާރުގެ ދަށުން މިޖެނުއަރީމަހު ފެށުމަށްހަމަޖެހިފައިވާ ކެމްޕޭނުގައި ރާއްޖޭގެ ހުރިހާ ރަށް ރަށަށް ޒިޔާރަތް ކޮށް ދޮރުންދޮރަށް ހިނގުމަށްވެސް ވަނީ ކަނޑައެޅިފައެވެ.
އެމްޑީޕީން މިފަށްޓާ 3 މަސްދުވަހުގެ ކެމްޕޭނުގައި ރައްޔިތުން ދެން އެންމެ ބޮޑަށް ބޭނުންވަނީ ކޮންކަމެއްތޯ ބަލާ އެމްޑީޕީގެ އާމެނިފެސްޓޯ ތައްޔާރުކުރުމަށް ބޭނުންވާމައުލޫމާތުތައް އެއްކުރެވޭނެއެވެ. ރޭގެޖަލްސާގައި ޗެއަރޕާސަން ދެއްކެވި ވާހަކަފުޅުގައި މީގެކުރިން ރައްޔިތުން ދުށް އަނިޔާވެރި ޚުދުމުޚުތާރު ވެރިކަން ރައްޔިތުން ބަދަލުކުރި މަގުޞަދު ޙާޞިލްވިޔަ ނުދިނުމަށް ކުރީގެ ޑިކްޓޭޓަރުން ކިތަންމެ މަސައްކަތެއް ކުރިއަސް ރައްޔިތުން އެދުނު ބަދަލު ރައްޔިތުންނަށް ގެނެސް ފުރިމަކޮށް ދިނުމުގައި އެމްޑީޕީ ފަހަތަށް ނުޖެހޭނެކަމުގައި ވިދާޅު ވިއެވެ. އަދި ރާއްޖޭގައި ޢަދުލު އިންޞާފް ގާއިމްކޮށް ދިނުމުގެ ވަޢުދު ފުއްދާދިނުމަށް އެމްޑީޕީން މަސައްކަތްތަކެއް އެބަކުރައްވާ ކަމަށާއި މިރާއްޖޭގައި ހުރިހާ ރައްޔިތުންނަށް ހަމަހަމަ ކަމާއެކު އިސްލާމީ ޝަރީޢަތް ގާއިމްކޮށްދިނުމުގައިވެސް މެންބަރަކު މެންބަރެއް ހޯދުމުގެ ބޭނުންތެރިކަން ޗެއަރ ޕާސަންގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ

އެމްޑީޕީގެ ފަސްވަޢުދުގެ މަށްޗަށް ބައްލަވާލައްވަމުން ޗެއަރ ޕާސަން ވިދާޅުވީ ރައްޔިތުން ކުރީގެ ސަރުކާރު ބަދަލު ކުރަން ޖެހުނީ އަޅުވެތިކަމާ ހައިހޫނުކަމާ ނިކަމެތިމާ އިހާނެތިކަމާ ބިރުވެރިކަމާ ހިތްދަތިކަމުން މުޅިދިވެހި އުންމަތް ސަލާމަތް ކޮށްދިނުމަގެ މަތިވެރި މަގުޞަދުގައި ކަމަށާ އެހެންކަމުން އެއަނިޔާވެރި ވެރިކަން ބަދަލުވެގެން ދިޔައީ މިޕާޓީންކުރިމަސައްކަތް ﷲ ކާމިޔާބު ކޮށްދެއްވީތީކަމުގައި ރީކޯ މޫސަވިދާޅުވިއެވެ. ވެރިކަމަކީ ﷲ ދެއްވާއެއެއްޗެއްކަން އަޅުގަނޑުމެން އޮޅުވާލަން ނޫޅޭކަމަށާ އަޅުގަނޑުމެއްނަށް ވެރިކަންދެއްވީވެސް ﷲކަން ގަބޫލުކުރުމަށް އިދިކޮޅުފަރާތްތަކަށް މޫސާގޮވާލެއްވިއެވެ.

އެމްޑީޕީއާއި ރައްޖޭގެ ވެރިކަން ރައްޔިތުން ޙަވާލު ކުރިތާ ވީއެންމެ ތިން އަހަރުގެތެރޭގައި 55 ބަނދަރު ހަދާނިންމާ 24 ބަނދަރު ހެދުމުގެ ޢަމަލީމަސައްކަތް ފެށި 9ބަނދަރެއް ހެދުމަށް ވަނީ ކޮންޓްރެކްޓް ކުރެވިފައެވެ. ބޮޑު ހަތްބިން ވަނީ ހިއްކާ ނިންމާދެވިފައިއެވެ. 15 ރަށުގެ ނަރުދަމާ ނިންމާ 14 ރަށުގެ ނަރުދަމާގެ ޢަމަލީމަސައްކަތް ފައްޓާ ހަތަރުރަށެއްގެ މަގުހެދުމުގެ މަސައްކަތް ފެށީ އިތުރު 4 ރަށުގައި މަގުހެދުމަށް ރޭވިފައިވެއެވެ. އެމްޑީޕީ ވެރިކަމަށް އައިފަހުން ސާޅިސް ދެމިސްކިތް ވަނީއަޅާދެވިފައެވެ. 16 މިސްކިތެއް އެޅުމުގެ ކޮންޓްރެކްޓްގައި ވަނީ ސޮއިކުރެވިފައެވެ.