ޝަރުޢީ ދާއިރާ މިއަދު ސިފަވަނީ މޮޔަވެފަ އޮތް ސިންގާ އެއް ފަދައިން – މޫސަ

މިއަދު އިއްވި ޙުކުމުގެ ސަބަބުން ޝަރުޢީ ދާއިރާ މިނިވަންކުރުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ހިއްވަރެއް ލިބިގެން ގޮސްފައިވާ ކަމަށް ވެސް މޫސަ ވިދާޅުވި

އިބްރާހީމް ރާމިޒް

reeko-moosa

ހަމަ އާއި އިންސާފުން އެއްކިބާވެފައިވާ ކަމަށް ގިނަބަޔަކުދެކޭ ރާއްޖޭގެ ޝަރުޢީ ދާއިރާ މިއަދު ސިފަވެގެން ދަނީ މޮޔަވެފައި އޮތް ސިންގާ އެއްގެ ސިފައިގައި އައިސް އެ ދާއިރާއަށް ފާޑުކިޔާ މީހުންގެ މައްޗަށް ޖެހިގަންނަ އުސޫލު ގެންގުޅޭ ތަނެއްގެ ގޮތުގައި ކަމަށް އެމްޑީޕީގެ ޗެއަރ ޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ވެބްސައިޓަށް މިއަދު ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި, ހެވީ ލޯޑް މޯލްޑިވްސްގެ ޗެއަރމަން ކަން ވެސް ކުރައްވާ މޫސަ ވިދާޅުވީ، އެކުންފުނިން ދައްކަން ޖެހޭ ދަރަންޏެއް ނުދައްކައިގެން މިއަދު މޫސަގެ މައްޗަށް ސިވިލްކޯޓުން ޙުކުމްކޮށްފައިވާ ކަމަށާއި، ހެވީލޯޑް މޯލްޑިވްސްގެ ފަރާތުން ތަނަކަށް ދައްކަންޖެހޭ ފައިސާ އެއް ނުދައްކައިގެން އެކުންފުނީގެ މައްޗަށް ޙުކުމެއް ނައިސް ގެރެންޓަރެއްގެ ގޮތުގައި ހުރި ފަރާތަށް ޙުކުމްކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމުގައެވެ. އަދި އެފައިސާ އަކީ ދައްކާފައިވާ ފައިސާ އެއް ކަން ގާޒީ މަރ

” އަޅުގަނޑަކީ ގެރެންޓަރެއްގެ ގޮތުގައި ހުރި ފަރާތް. އަޅުގަނޑަށް ޙުކުމް ކުރަންޖެހޭނީ ހެވީލޯޑް މޯލްޑިވްސްގެ މައްޗަށް ޙުކުމްކުރުމަށްފަހު. އެހެންވީމަ ހެވީލޯޑް މޯލްޑިވްސްގެ މައްޗަށް ޙުކުމެއް ނައިސް ގެރެންޓަރުގެ މައްޗަށް ޙުކުމް ކުރުމަކީ މިއަދުގެ އަދުލު އިންސާފްގެ ދާއިރާގެ ދޯހަޅިކަން ހާމަވާ ކަމެއް.” މޫސަ ވިދާޅުވިއެވެ.

މި ޙުކުމާ ގުޅިގެން މޫސަ އިތުރަށް ވިދާޅުވީ ކޮންމެ ފަދަ އަނިޔާއެއް ދޭން ކޯޓުން ނިންމި ނަމަވެސް އަދުލު އިންސާފުގެ ދާއިރާ މިނިވަންކުރުމަށް އެމްޑީޕީން ކުރާ މަސައްކަތް ހުއްޓާނުލާނޭ ކަމަށާއި، މިއަދު އިއްވި ޙުކުމުގެ ސަބަބުން ޝަރުޢީ ދާއިރާ މިނިވަންކުރުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ހިއްވަރެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.

” ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ދުއްވާލަން ދިމާކުރިޔަސް ޙަޤީޤަތާ ޚިލާފަށް މުޅި ގައުމަށް ބޭޒާރުކުރަން މަސައްކަތެއް ކުރިޔަސް ހަށިގަނޑުގަ ފުރާނަ ހުރިހާ ހިނދަކު އިންސާފް ހޯދުމަށްކުރާ މަސައްކަތަށް ކުޑަނަމަވެސް މަޑުޖެހުމެއް، ހުއްޓުމެއް ނާންނާނެ. އަޅުގަނޑަށް ކޮންމެ ފަދަ އަނިޔާ އެއް ދިނަސް ، ހަމައެއް ލަމައެއްނެތި ޝަރީޢަތްކުރަމުން ޙުކުމް ކުރަމުން މިދާ ޝަރުޢީ ދާއިރާ މިނިވަންކުރުމަށް އަޅުގަނޑު މިކުރާ މަސައްކަތް ހުއްޓައެއް ނުލާނަން. އަޅުގަނޑަށް މިގޮތަށް ޙުކުމްކޮށްފަ މިވަނީ އަޅުގަނޑާއި، އަދި އަޅުގަނޑުގެ ވަކީލު އަޙުމަދު އަފީފަކީ ވެސް ފަނޑިޔާރު ގޭގައި ބޭއިންސާފުން ކުރަމުންދާ ކަންތައްތަކުގެ ވާހަކަ އާންމުންގެ ސަމާލުކަމަށް ގެނެސް އެމްޑީޕީން ވެފައިވާ ޢަދުލު އިންސާފް ގާއިމްކުރުމުގެ ވައުދު ފުއްދުމަށް މަސައްކަތްކުރާ ދެ މީހުންނަށް ވީތީ” މޫސަ ވިދާޅުވިއެވެ.

މޫސަ އަށް މިއަދު ސިވިލްކޯޓުގެ ގާޒީ މަރިޔަމް ނިހާޔަތު ޙުކުމްކޮށްފައި ވަނީ ކެޓަޕިލާ ފައިނޭންޝަލް އޭޝިޔާއަށް 2.9 މިލިއަން ރުފިޔާ ދެއްކުމަށެވެ. މުސަ ވިދާޅުވީ މި ޙުކުމަކީ މައުމޫނުގެ ދައުރާ ވަރަށް ވައްތަރު ޙުކުމެއް ކަމަށާއި، ” ހަނދާނަށް އަންނަނީ މައުމޫނުގެ ވެރިކަމުގެ ދުވަސްވަރު 14 އަހަރާ 9 މަސް ދުވަހަށް ޖަލަށްލާން ޙުކުމްކުރި ދުވަސް،” ކަމަށެވެ.