އެމްޑީޕީ ދުވާފަރު ދާއިރާގެ ހިންގާ ގަވައިދު ފާސްކޮށްފި

އިބްރާހީމް ރާމިޒް

prince-2

އެމްޑީޕީގެ އަސާސީ ޤަވާއިދުގައިވާ ގޮތަށް އެމްޑީޕީގެ ދުވާފަރު ދާއިރާ ހިންގާ ޤަވާއިދު ދުވާފަރުގައި ފާސްކޮށްފިއެވެ. ދުވާފަހަރު ދާއިރާ ހިންގާ ގަވާއިދު ފާސްކުރީ ރ.އަތޮޅު ސުކޫލުގެ ބޭއްވި ޖަލްސާއެއްގައި ދުވާފަރު ދާއިރާގެ ކޯކަސްގައި ހިމެނޭ 20 މެންބަރުންނާއެކުގައެވެ. އަދި ހިންގާ ޤަވާއިދު ފާސްކުރީ އެމްޑީޕީން ފޮނުވި ނަމޫނާ ޤަވާއިދު ކުޑަ ބަދަލަކާއެކުގައެވެ.
މިބައްދަލުވުމުގައި ދުވާފަރު ދާއިރާގެ ރައީސް އިބުރާހިމް އާތިފް (ޕްރިންސް) ވާހަކަ ދައްކަމުން ފާހަގަ ކުރެއްވީ މިދިޔަ އޮކުޓޫބަރ 6-7 އަށް ފެލިވަރުގައި ބޭއްވި ކާމިޔާބު އުތުރު ޕްރޮވިންސް މިނީ ކޮންގުރެސް އިން ނިއްމާފައިވާ ނިންމުންތަކަށް ދުވާފަރު ދާއިރާ ކޯކަސްގެ އެންމެހާ ބޭފުޅުންގެ އެއްބާރުލުން ދިނުމަށެވެ. އަދި ބައިވެރިންގެ ފަރާތުން އެއްބާރުލުން ދެއްވާނެކަމަށާއި، އަދި 1 ޑިސެމްބަރުގައި ގޮފިތައް ހިންގާ ޤަވާއިދު ފާސްކޮށްދޭނެ ކަމުގެ ޔަޤީންކަން މިބައްދަލުވުމުގައި އެރުވިއެވެ.
މިބައްދަލުވުމުގައި ދުވާފަރަށް ޕާޓީ ހިންގުމަށްހުރި ދަތިތަކުގެ ވާހަކަވެސް އަލި އަޅުވާލިއެވެ. އަދި 2013 ވަރަށްވެސް ފުރިހަމަ އަޤުލަބިއްޔަތުކުން ކާމިޔާބު ކުރެވެންހުރި ހުރިހާ ކަމެއް ކުރުމަށް އެދިލެއްވިއެވެ. އަދި ދުވާފަރު ދާއިރާ އަކީ ނަމޫނާ ދާއިރާއަކަށް ރ އަތޮޅުގައިވެސް ހެދުމަށް ވެސް އެދިލައްވައެވެ.