އެމްޑީޕީގެ އާންމު ޖަލްސާ އެއް މިރޭ އެ ޕާޓީގެ ހަރުގޭގައި އޮންނާނެ

އިބްރާހީމް ރާމިޒް

mdp-thoddoo-jalsaaއެމްޑީޕީގެ ޖަލްސާ އެއް ގެ ތެރެއިން .. އެމްޑީޕީ ފައިލް ފޮޓޯ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީގެ) އާންމު ޖަލްސާ އެއް މިރޭ އެ ޕާޓީގެ ހަރުގޭގައި އޮންނާނެއެވެ.
މިރޭ 9 ޖަހާއިރު ފަށާ މި ޖަލްސާ އަށް އެމްޑީޕީގެ މެންބަރުންނާއި، އެ ޕާޓީއަށް ތާޢީދު ކުރައްވާ އަދި ހެޔޮއެދިވަޑައިގަންނަވާ އެންމެހާ ފަރާތްތަކުން ހާޒިރުވެދެއްވުމަށް އެ ޕާޓީން އެދެއެވެ.
މިރޭގެ ޖަލްސާގައި އެމްޑީޕީގެ ލީޑަރޝިޕްގެ ފަރާތުންނާއި، ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންނާއި އަދި ބައެއް ވަޒީރުން ވާހަކަފުޅުދައްކަވާނެއެވެ.

މި ޖަލްސާ އަކީ ކުރިން ކޮންމެ ހޯމަ ދުވަހެއްގެ ރޭ އެ ޕާޓީން ބާއްވަމުން އަންނަ ސިލްސިލާ ޖަލްސާ ތައް އަލުން ފެށުމުގެ ގޮތުން ބާއްވާ ޖަލްސާ އެއް ކަމަށް އެމްޑީޕީން ބުނެއެވެ.