ތަރައްޤީ: ގދ.ތިނަދޫގައި އަޅާ 25 ހައުސިންގ ޔުނިޓްގެ %85 އިންސައްތަ ނިމި އިތުރު 200 ހައުސިންގ ޔުނިޓް އެޅުމަށް ތައްޔާރުވަނީ.

ފަހަލަ ސަޢީދު

thinadhoo

ގދ.ތިނަދޫގައި ސަރުކާރުން ގާއިމްކުރާ ހައުސިންޔުނިޓް ތަކުގެ ތެރެއިން 25 ހައުސިންގ ޔުނިޓްގެ %85 އިންސައްތަ ނިމި އިތުރު 200 ހައުސިންޔުނިޓް އެޅުމުގެ ތައްޔާރީތައް ވަމުން ދާކަމުގައި ތިނަދޫ ކައުންސިލުން ބުނެފިއެވެ.
ތިނަދޫގައި އެޅުމަށް ހަމަޖެހިފައިވާ މިދެންނެވި 200 ހައުސިން ޔުނިޓް އެޅުމަށް ޙަވާލުވެފައިވަނީ ޗައިނާގެ ކުންފުންޏަކާ އިންޑިޔާގެ ކުންފުންޏަކުންނެވެ. މިމަޝްރޫޢުގެ ދަށުން އަޅައިދޭ ހައުސިން ޔުނިޓްތައް އަޅާނޭ ބިންތަށް މިހާރުވަނީ އެކުންފުނިތަކާ ޙަވާލުކުރެވިފައިކަމަށާ އަންނަ ޖެނުއަރީ މަހު މަސައްކަތް ފެއްޓުމަށް އެ ދެކުންފުނީންވެސް ދަނީ ތައްޔާރުވަމުންކަމަށް ކައުސިލުން ބުނެއެވެ.
ތިނަދޫގެ ފަޅުހިއްކުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި ނިމި ދެވަނަފިޔަވަޙީގެ މަސައްކަތް ބާރަށް ކުރިއަށް އެބަދާކަމަށާ މިހާރުގެ ޖެޓީއާގުޅުވައިގެން އިތުރަށް ބޮޑުކުރަމުންދާ ޖެޓީގެ މަސައްކަތްވެސް ހަލުވިކަމާއެކު ކުރިއަށް އެބަދާ ކަމަށާ އިތުރު ކުރެވޭ ޖެޓީގެ މަސައްކަތް ނިމުމުން ތިނަދުއަށް ކުރިމަތިވެފައިވާ ޖެޓީގެމައްސަލަ ޙައްލުވެ ތިނަދޫގެ ލަފާ ފުރުން ނުނަނުފަސޭހަވެގެން ދާނޭކަމަށް ކައުންސިލުން ބުނެއެވެ.
ގދ. ތިނަދޫ އަކީ ހުވަދު އަތޮޅު އެއްކޮށް އޮތް ޒަމާނުގައި މުޅިހުވަދޫ އަތޮޅުގެ ވެރިކަން ކުރަށެވެ. ވަރަށް ބޮޑެތި މަހުޖަނުން އުފެދުނު ހަވަރު ތިނަދޫ ފަޅުކޮށް އެރަށުގެ ރައްޔިތުންނަށް މަރުހޫމް ނާސިރު ދީފައިވާ ހިތުންނުފިލާވަރު އަނިޔާތަކަށް އެރަށު ރައްޔިތުންގެ ފަރާތުން ސަރުކާރުގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުވަނީ މަޢާފަށް އެދިވަޑއިގެންފައެވެ. ގދ. ތިނަދޫ އަކީ ނިމިދިޔަސަރުކާރުން ވެސް އަޅާ ނުލާ ދޫކޮށްފައި ވާ ރަށެކޭ ދެންނެވިދާނެއެވެ.
ނަމަވެސް ތިނަދޫގެ ތަރައްގީއަށް ޚާއްޞަ އިސްކަމެއް ދެއްވާ އެރަށުގެ ތަރައްގީއަށްޓަކާ މިއަދުގެސަރުކާރު ކުރައްވާ މަސައްކަތް ތަކަށް ތިނަދޫގެ ރައްޔިތުން ޝުކުރުއަދާ ކުރެއެވެ.