ތަޢުޒިޔާ

އެމް.ޑީ.ޕީ ޕާލިމަންޓްރީ ގުރޫޕު

މިއަދު ކ.ހުރާގައި ހިނގި ހިތާމަވެރި ހާދިސާގައި ހިރިޔާ ސްކޫލްގެ 4 ދަރިވަރަކާއި ޕްރިންސިޕަލް ނިޔާވި ޚަބަރު އެމް.ޑީ.ޕީ ޕާލިމަންޓްރީ ގުރޫޕުން އެހީ ފުން އަސަރާއި ހިތާމައާ އެކުއެވެ. މި ހިތާމަވެރި ހާދިސާގައި ނިޔާވި ފަރާތްތަކަށް މާތްﷲ ގެ ރުއްސެވުމާއި ފުއްސެވުން މިންވަރުކުރައްވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުންއެދި ދުޢާ ކުރަމެވެ. އަދި އެމަރުޙޫމުންގެ އާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދެމެވެ. އެމަރުޙޫމުންގެ އާއިލާތަކަށް އެމް.ޑީ.ޕީ ޕާލިމަންޓްރީ ގުރޫޕުން އިޚްލާސްތެރި ތަޢުޒިޔާ ދަންނަވަމެވެ.
ހިރިޔާ ސްކޫލްގެ ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިނަނަށް މިހިތާމަވެރި ހާދިސާގައި ލިބިވަޑައިގަންނަވާ ފުން ވޭން އެއްހަށިގަނޑެއްގެ ގޮތުގައި މިގުރޫޕުން އިހުސާސްކުރަމެވެ.
މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ އިންތައް ކަނޑައެޅުމުގައި ޤާނޫނީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ކުރަންޖެހޭ ހުރިހާކަމެއް އިދިކޮޅު ފަރާތްތަކާއި ގުޅިގެން މިގުރޫޕުން ކުރާނެކަމުގެ ޔަޤީންކަންވެސް އަރުވަމެވެ.