ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ މަސައްކަތު ބައްދަލުވުން ތިނަދޫގައި ފަށައިފި

ވަޒީރުންގެ މަޖިލީހުގެ މިއަދު ޖަލްސާގެ މަސައްކަތު ބައްދަލުވުން ގދ. ތިނަދޫގައި ފަށައިފިއެވެ.
މިއަދު ހެނދުނު 11.30 ގައި ފެށި މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ވަޒީރުންގެ އިތުރުން، ބައެއް ސްޓޭޓް މިނިސްޓަރުންނާއި ނައިބުންވެސް ބައިވެރިވެވަޑައިގަންނަވައެވެ. އަދި މަތިދެކުނު ސަރަހައްދުގައި ހިމެނޭ 2 އަތޮޅު ކަމަށްވާ ހުވަދުއަތޮޅު އުތުރުބުރިއާއި، ހުވަދުއަތޮޅު ދެކުނުބުރީގެ އަތޮޅު ކައުންސިލްތަކުގެ މެންބަރުންނާއި، ރަށްރަށުގެ ކައުންސިލުތަކުގެ ރައީސުންނާއި، ސަރަޙައްދުގެ ކޯޕަރޭޝަންތަކުގެ ޑިރެކްޓަރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ. މި ޖަލްސާ ހިނގަމުންދަނީ، ތިނަދޫ އާބާދީ މަރުކަޒުގައެވެ.

މިއަދު ހެނދުނުގެ މި ބައްދަލުވުމުގައި މަޝްވަރާ ކުރައްވަމުން ގެންދަވަނީ، ތިނަދުއާއި މަތި ދެކުނު ސަރަޙައްދުގައި ހިންގަވަން ރާއްވަވާފައިވާ މަޝްރޫޢުތަކާ ބެހޭގޮތުންނެވެ.