ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި އެމްޑީޕީގެ އިދާރީ އޮފީސް ގާއިމްކުރުމުގެ ތައްޔާރީތައް ބާރަށް ކުރިޔަށް އެބަދޭ

އިބްރާހީމް ރާމިޒް

kolamaafushi

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެމްޑީޕީގެ އިދާރީ އޮފީހެއް ގާއިމްކުރުމަށް އެ ޕާޓީން ފަަށާފައިވާ މަސައްކަތުގެ ދަށުން ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި އިދާރީ އޮފީސް ގާއިމްކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށް އެބަދެއެވެ.
މިގޮތުން ޚާއްސަ ގޮތެއްގައި އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކު މިހާތަނަށް މަސައްކަތު ބައްދަލުވުން ބާއްވާފައިވާ 3 އަތޮޅު ކަމަށްވާ ހއ، ހދ އަދި ލ. އަތޮޅުގައި އިދާރީ އޮފީސް ގާއިމްކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށްދާ ކަމަށް އެމްޑީޕީން ބުނެއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެމްޑީޕީގެ އިދާރީ އޮފީހެއް ގާއިމްކުރުމަށް އެޕާޓީން ވަނީ ނިންމާފައެވެ. އެގޮތުން މި ރަމަޟާން މަހުގެ 1 ވަނަ ދުވަހު ކޮންމެ ރަށެއް ގައި އެމްޑީޕީގެ އިދާރީ އޮފީހެއް ގާއިމްކުރެވޭނޭ ކަމަށް އެ ޕާޓީން ބުނެއެވެ.