އެމްޑީޕީގެ ޚާއްސަ ޖަލްސާ އެއް މާދަމާރޭ އާޓިފިޝަލް ބީޗް ގައި އޮންނާނެ

އިބްރާހީމް ރާމިޒް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޚާއްސަ ޖަލްސާ އެއް މާދަމާ ރޭ އާޓިފިޝަލް ޖަލްސާގައި އޮންނާނޭ ކަމަށް އެޕާޓީން ބުނެފިއެވެ.
މާދަމާރޭ 9.00 ގައި ފަށާ މި ޖަލްސާ އަށް އެމްޑީޕީގެ ވީހާ ވެސް ގިނަ މެންބަރުންނާއި، ޕާޓީއަށް ހެޔޮއެދި ވަޑައިގަންނަވާ ފަރާތްތަކާއި ތާޢީދުކުރައްވާ ފަރާތްތައް ހާޒިރުވެދެއްވުމަށް އެޕާޓީން އެދެއެވެ.
މި ޖަލްސާ އަކީ މިއަދު ބޭއްވި އެޕާޓީގެ އިންތިޚާބު ކާމިޔާބުކުރެއްވި ފަރާތްތަކަށް މަރުހަބާ ދެންނެވުމަށް ޚާއްސަކޮށް ގެން ބާއްވާ ޖަލްސާ އެއް ކަމަށް އެމްޑީޕީން ބުނެއެވެ.