ޒަކީ މިރޭ ވިލިމާލޭ އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވާނެ

އިބްރާހީމް ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ، އެޕާޓީގެ މިހާރުގެ ވަގުތީ ރައީސް އިބްރާހީމް ޙުސައިން ޒަކީ، މިރޭ ވިލިމާލޭ އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވާނެއެވެ.
މިރޭ 10 ޖަހާއިރު ވިލިމާލޭ އެމްޑީޕީ ޖަގަހައިގައި އޮންނަ މި ބައްދަލުވުމަށް އެމްޑީޕީގެ ވީހާވެސް ގިނަ މެންބަރުންނާއި، ޕާޓީގެ ސަޕޯޓަރުންނާއި، ހެޔޮއެދިވަޑައިގަންނަވާ ފަރާތްތަކުން ބައިވެރިވެ ވަޑައިގެންނެވުމަށް ޒަކީ ކެމްޕެއިން ޓީމުން އެދެއެވެ.
ޒަކީ މިރޭ ވިލިމާލޭ އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވާއިރު، ރޭ ހުޅުމާލޭ ލާލޭ އިންޓަރނޭޝަނަލް ސްކޫލުގައި އެދާއިރާގެ އެމްޑީޕީ މެންބަރުންނާ ޒަކީ ވަނީ ބައްދަލުކުރައްވާފައެވެ.