ހުސައިން ޝަހީމްގެ ކެމްޕެއިން އިފްތިތާޙްކުރުން މިރޭ އޮންނާނެ

އިބްރާހީމް ރާމިޒް

ދިވެހި ރައްޔިތުންގެ ޑިމްކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އިންތިޚާބު 2011 ގެ ހެންވޭރު ދެކުނު ދާއިރާގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް އަނދުންގޭ ޙުސައިން ޝަހީމް ގެ ކެމްޕެއިން އިފްތިތާޙް ކުރުން މިރޭ އޮންނާނެއެވެ.
އަނދުންގޭ ހުސައިންގެ ކެމްޕެއިން އިފްތިތާހް ކުރުމާއި،. ކެމްޕެއިން ޖަގަހަ ހުޅުވުން އޮންނާނީ މިރޭ 8.45 ގައި ހ.ހުދުރުވާމާގެ (ޖަނަވަރީ މަގާ ބުރުޒުމަގު ގުޅޭ ކަންމަތީ) ގައެވެ. މި ހަފްލާއަށް އެމްޑީޕީގެ ލޮބުވެތި މެންބަރުންނާއި، ޕާޓީއަށް ހެޔޮއެދިވަޑައިގަންނަވާ ފަރާތްތަކުންނާއި، އެމްޑީޕީގެ ސަޕޯޓަރުން ބައިވެރިވެވަޑައިގެން ދެއްވުމަށް ޙުސައިން ޝަހީމްގެ ކެމްޕެއިން ޓީމުން އެދެއެވެ.