ޖޭއެސްސީގެ މެންބަރު ކަމުން ޑރ. އަފްރާޝީމް ވަކި ކުރުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފި

އިބްރާހީމް ރާމިޒް

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖެއެސްސީ)ގެ މެންބަރެއްގެ ހައިސިއްޔަތުން ޑރ.އަފްރާޝީމްޢަލީ އެބޭފުޅާގެޤާނޫނީ ވާޖިބުތައް އަދާކުރެއްވުމުގައި ތަކުރާރުކޮށް އިޙުމާލުވެފައިވާތީ ޑރ.އަފްރާޝީމްޢަލީ، ޖޭއެސްސީގެ މެންބަރުކަމުން ވަކިކުރުމަށް އެދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އިއްޔެ މަޖިލީހަށް ފޮނުވި ސިޓީގައިވާ ގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހައިކޯޓަށް ފަނޑިޔާރުން ޢައްޔަންކުރެއްވުމާ ގުޅޭގޮތުން ނިންމެވި ނިންމެވުމުގެ މައްސަލަ ސުޕްރީމްކޯޓުން ބެއްލެވުމުގައި، އެކޮމިޝަންގެ ފަރާތުން ކޯޓަށް ހާޒިރުވެ ޖަވާބުދާރީވުމަށް ޑރ.އަފްރާޝީމް ޢަލީ ވަޑއިގަންނަވައި ވަކާލާތުކުރައްވާފައިވަނީ، ކޮމިޝަނުން ކަމެއް ނިންމޭނެ ކަމަށް ޤާނޫނުގައި ބުނެފައިވާ އުޞޫލާ ޚިލާފަށް، ޤާނޫނީ ޢަދަދު ހަމަވާ ޢަދަދަށް މެންބަރުން ހާޒިރުވެ ނެތި ނިންމަވާފައިވާ ނިންމުމެއްގެ ދަށުންކަން އެކޮމިޝަންގެ ރިކޯޑުތަކުން ދައްކާ ކަމަށް ބަޔާންކޮށްފައިވެއެވެ.
” ޤާނޫނުއަސާސީގެ 164 ވަނަ މާއްދާގައި، “ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޢައްޔަންކުރެވޭ މީހުންގެ ތެރެއިން … ރައްޔިތުންގެ މަޖިލީހުގެ … މެންބަރުކަމުގެ މަޤާމެއްގައި ނެތް ކޮންމެ މީހަކަށް، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތީން މުސާރައާއިޢިނާޔަތްތައް ދެވިދާނެ” ކަމަށް ބުނެފައިއޮތުމުން، އެފަދަ މަޤާމެއްގައި ހުރި މީހަކަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން މުސާރައެއް ނުވަތަ ޢިނާޔަތެއް ލިބުމުގެ އެއްވެސް ފުރުޞަތެއްނެތްކަން ވަރަށް ސާފުކޮށް އެނގެންއޮތްނަމަވެސް، ޑރ.އަފްރާޝީމް ޢަލީ އެފަދަ ޢިނާޔަތް ނަންގަވަމުން ގެންދަވާކަން ކޮމިޝަނުގެ ރިކޯޑުތަކުން އެނގެން އޮވެއެވެ.” އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ސޮއިކުރައްވައި އިއްޔެ މަޖިލީހަށް ފޮނުއްވި ސިޓީގައި ވެއެވެ. މީގެ އިތުރުން ވެސް ޤާނޫނުއަސާސީއާ ޚިލާފަށް ޢިނާޔަތް ނަންގަވާ ނެންގެވުން ދިފާޢުކުރައްވައި ޑރ. އަފްރާޝީމް ޢަލީ މީޑިޔާގައި ވާހަކަދައްކަވާފައިވާކަން ފާހަގަކުރެވޭ ކަމަށް ވެސް އެސިޓީގައި ވިދާޅުވެފައިވެއެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ސިޓީ ވިދާޅުވުމަށް މިލިންކަށް ފިއްތަވާލައްވާ