އިއުލާނު: ޕާލިމެންޓްރީ ގްރޫޕުގެ އިންތިޚާބު 2011

MDP/2011-011
21 މާޗް 2011، ހޯމަ

އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ އިންތިޚާބު 28 މާރޗް 2011 ވާ ހޯމަދުވަހުގެ ހަވީރު 4:00 ގައި އެމްޑީޕީ އޮފީހުގެ 1 ވަނަ ފަންގިފިލާގައި އޮންނާނެއެވެ. މި އިންތިޚާބު މަޤާމުތަކާއި އެމަޤާމުތަކަށް ކުރިމަތިލެއްވި ބޭފުޅުންގެ ތަފްސީލް އެވަނީއެވެ.

1. ރައީސް – މާލެ ސިޓީގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު (ރީކޯ) މޫސާ މަނިކު، ބިލެތްދޫ ދާއިރާގެ މެންބަރު އަޙުމަދު ހަމްޒާ.
2. ނައިބު ރައީސް – އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް، ދިއްދޫ ދާއިރާގެ މެންބަރު އަޙުމަދު ސަމީރު، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙުމަދު އީސާ، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް).
3. ސެކްރެޓަރީ ޖެނެރަލް – މާލެ ސިޓީގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލްޤަފޫރު.
4. ސެކްރެޓަރީ ޖެނެރަލްގެ ނައިބު – ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ގަސަމް.
5. ވިޕުން- ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ އާއި، ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒް، އައްޑޫ ސިޓީގެ ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް.

ވީމާ މިކަން ޢާންމުކޮށް އިޢުލާން ކުރީމެވެ.