އިނގިރިރޭސިވިލާތުގެ ކުރީގެ ޕާލިމަންޓް މެންބަރު މިސްޓަރ ރޮބަރޓް ކީ އެމްޑީޕީގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވައިފި

img_4599-600-x-450

ރައީސުލްޖުމުހުރިއްޔާގެ ދަޢުވަތަކަށް މި ފެބްރުއަރީ މަހުގެ 16 އިން 23 އަށް ރާއްޖެ ވަޑައިގެން އުޅުއްވާ އިނގިރިރޭސިވިލާތުގެ ކުރީގެ ޕާލިމަންޓް މެންބަރެއްކަމަށްވާ މިސްޓަރ ރޮބަރޓް ކީ މިއަދު ވަނީ މިޕާޓީގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ. މިބައްދަލުވުމުގައި މިޕާޓީގެ ފަރާތުން ބައިވެރިވެ ވަޑައިގެންފައިވަނީ މިޕާޓީގެ ނައިބް ރައީސް އިބްރާހިމް ހުސެއިން ޒަކީ، ޕާލިމެންޓްރީ ގްރޫޕުގެ މެންބަރު ހާމިދު އަބްދުލް ޢަފޫރު އަދި ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހްއެވެ. އަދި މި ޒިޔާރަތުގައި ރޮބަރޓް ކީ ދެއްވާ ލެކްޗައެއް (ދަ ރޫލް އޮފްލޯ ދަ އިންގްލިޝް މެގްނާ ކާރޓާ އޮފް 1215) މަންދުކޮލެޖްގައި 22 ފެބްރުއަރީ 2011 ވަނަ ދުވަހުގެރޭ 8:00 ގައި ބާއްވާގޮތަށްވަނީ ހަމަޖެހިފައެވެ. މިސްޓަރ ރޮބަރޓް ކީ އަކީ އިނގިރޭސި ވިލާތުގައި ޕާލިމެންޓްގައި މެންބަރުކަން ކުރައްވާފައިވާ އަދި ވަޒީރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.