މައިޒާން އަލިބެ މިރޭ ހުޅުހެންވޭރު ރައްޔިތުންނާ ބައްދަލުކުރައްވާނެ

އިބްރާހީމް ރާމިޒް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ލޯކަލް ކައުންސިލް އިންތިޚާބުގެ ހުޅުހެންވޭރު ދާއިރާއަށް ކުރިމަތިލައްވާފައިވާ ހ.އިސްދޫ އަލިމަނިކު( މައިޒާން އަލިބެ) މިރޭ އެދާއިރާގެ ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ.
މިރޭ 9 ޖަހާއިރު ފެށޭ މި ބައްދަލުވުން އޮންނާނީ ހުޅުމާލޭގައި ހުންނަ އެމްޑީޕީ އޮފީސް ކުރިމަތީގައެވެ. މި ބައްދަލުވުމަށް އެމްޑީޕީގެ އެންމެހާ މެންބަރުންނާއި، ޕާޓީއަށް ސަޕޯޓްކޮށް، ހެޔޮއެދޭ ހުރިހާ ފަރާތަކުން ހާޒިރުވުމަށް އެމްޑީޕީން އެދެއެވެ.