mdp_banner

Sunday, November 6, 2016

ޖަޒީރާ ޤައުމުތަކުގެ ތަރައްޤީއާ ގުޅޭ ގޮތުން ވިލްޓަން ޕާކް ކޮންފަރެންސްގައި ރައީސް މުޙައްމަދު ނަޝީދު ތަޤްރީރުކުރައްވާނެ

ޖަޒީރާ ޤައުމުތަކުގެ ތަރައްޤީއާ ގުޅޭ ގޮތުން ބާއްވާ ޙާއްސަ ކޮންފަރެންސެއްގައި ނޮވެމްބަރ 7 ވަނަ ދުވަހު ރައީސް މުޙައްމަދު ނަޝީދު ތަޤްރީރު ކުރައްވާނެއެވެ.

އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހާއި، ސެންޓަރ ފޯ އެންވައިރަމެންޓް، ފިޝަރީޒް އެންޑް އެކުއަރކަލްޗަ ސައިންސާއި، ތަރައްެޤީވަމުން އަންނަ ޤާއުމުތަކާއި ޖަޒީރާ ޤައުމުތަކުގެ އދ. ގެ ހާއްސަ މަންދޫބުގެ އޮފީހާ ގުޅިގެން ބާއްވާ ވިލްޓަން ޕާކް ކޮންފަރެންސް އޮންނާނީ ބްރިޓިޝް ވަރޖިން އައިލެންޑުގައި ނޮވެމްބަރު 7 ން 9 އަށެވެ.

ޖަޒީރާ ޤައުމުތަކުގެ ތަރައްޤީއާއި އިޤްތިޞާދު ބިނާކުރެވޭނެ ގޮތްތަކާ މެދު މި ކޮންފަރެންސްގައި މަޝްވަރާ ކުރެވޭނެއެވެ. ޒަމާނުއްސުރެ ޖަޒީރާ ޤައުމުތައް ބަރޯސާވެފައިވާ ފަތުރުވެރިކަމާއި، ދަނޑުވެރިކަން އަދި މަސްވެރިކަމުން އިޤްތިޞާދު ތަރައްޤީކުރުމުގެ ވިސްނުން ފުޅާ ކުރެވޭނެ ގޮތްތަކާއި ލޮޅުންތަކުން އެފަދަ ޤައުމުތައް ދިފާއުވެވޭނެ ގޮތްތަކާ މެދުވެސް މަޝްވަރާ ކުރުރުމަށް ވަނީ ހަމަޖެހިފައެވެ. ޖަޒީރާ ޤައުމުތަކުގެ އިންވެސްޓްމަންޓް އިތުރުކޮށް، އާ ޓެކްނޮލޮޖީގެ އެހީތެރިކަމާއެކު ދިގުރާސްތާގައި ޤައުމުގެ ތަރައްޤީ ދެމެހެއްޓުމާއި ޤައުމީ ސިޔާސަތުތައް އެކުލަވާލުމުގައި މިކަންކަމަށް ސަމާލުވެވޭނެ ގޮތްތައް ހޯދައި އެކި ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހި ކުރެވޭނެ ގޮތްތައްވެސް އެކުލަވާލެވޭނެއެވެ. މީގެ އިތުރުން ޖަޒީރާ ޤައުމުތަކުގެ ތަރައްޤީއަށް ހުރި ހުރަސްތައް ދެނެގަނެ، އެކަންކަމުން އަރައިގަނެވޭނެ ގޮތްތަކާމެދު މަޝްވަރާ ކުރެވި، ޖަޒީރާ ޤައުމުތަކުގައި ތަރއްޤީގެ މަސައްކަތްތަކަށް ފައިސާ ހޯދޭނެ ގޮތްތަކަމެދު ވިލްޓަން ޕާކް ކޮންފަރެންސްގައި މަޝްވަރާ ކުރެވޭނެއެވެ.

No Comments »

No comments yet.

Leave a comment