ފަނޑިޔާރުގެ އިސްލާހުކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ

medium_59109

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސްޕޯކްސް ޕާސަން އިމްތިޔާޒް ފަހުމީ ރޭ ހަރުގޭގައި ބޭއްވުނު ޖަލްސާގައި ވިދާޅުވިގޮތުގައި ސަރުކާރާއި އެކު މަޝްވަރާކުރުމަށް ތައްޔާރުވެފައިވާއިރު ކުރެވޭ މަޝްވަރާ ތަކުގައި އަދުލް އިންސާފް ގެ މަގު މިހާރަށް ވުރެން ބޮޑަށް ހަރުދަނާ ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރާނެ ކަމުގައެވެ.

އިންތި ވިދާޅުވީ ކޮންމެ މީހަކަށް ވެސް ތިމާ ހައްޔަރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށްވާނަމަ އެ މީހަކަށް އިސްތިއުނާފުކުރުމުގެ ހައްގު ލިބިގެން ވާނެ ކަމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ހައްގު ވަރަށް ފުޅާކޮށް ކޮންމެ މީހަކަށްވެސް ލިބިގެންވާކަމަށެވެ.