ނޫސް ބަޔާން

ޢަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕޭން ހަރަކާތެއްގައި ރައީސް މުޙައްމަދު ނަޝީދުގެ ކަރު ބުރިކޮށްލަން ގޮވާލުން ކުށްވެރިކޮށް ފިޔަވަޅު އަޅަން ގޮވާލުން
ހުޅުމާލޭގައި ހޮނިހިރުދުވަހު ހަވީރު ބޭއްވި ޢަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕޭން ޙަރަކާތެއްގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރައީސް މުޙައްމަދު ނަޝީދުގެ ކަރު ބުރިކޮށްލަން ގޮވާލާފައިވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން […]
ސިޔާސީ ހައްޔަރުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސިއްހީ ހާލަތް އިންތިހާއަށް ގޯސްވެގެންދިއުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރުން
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާކަމުގެ ރިޕޯޓުތައް ލިބެމުންދާތީވެ، ގުޅިފައިވާ ޕާޓީތަކުން އިންތިހާއަށް ކަންބޮޑުވުންފާޅުކޮށް އެމަނިކުފާނަށް ބެނުންވާ ސިއްހީ ފަރުވާ މިހާރުން މިހާރަށް ފޯރުކޮށްދީ އެމަނިކުފާނު މިނިވަން […]
އަދާލަތު ޕާޓީގެ 13 ވަނަ އަހަރީ ދުވަހު އެ ޕާޓީގެ މެންބަރުންނަށް ތަހްނިޔާ ފޮނުވަން
އަދާލަތު ޕާޓީގެ 13 ވަނަ އަހަރީ ދުވަހު އެ ޕާޓީގެ ހިތްވަރުގަދަ މެންބަރުންނަށާއި ޕާޓީގެ ހީވާގި ލީޑަރުންނަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ މެންބަރުންގެ ނަމުގައި ތަހްނިޔާ ފޮނުވަމެވެ. ފާއިތުވީ އަހަރުތަކުގައި އަދާލަތު ޕާޓީއާއެކު އެކި […]
އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު (މާލީ) އަޙްމަދު ޢަބްދުﷲގެ މުދަލާއި، މުއައްޒަފުންނަށް ގެއްލުންދީ، އިންޒާރުދިން މައްސަލަ ކުށްވެރިކުރުން
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕާސަންގެ ނައިބު (މާލީ) އަޙްމަދު ޢަބްދުﷲގެ މުދަލާއި، މުއައްޒަފުންނަށް ގެއްލުންދީ، އޭނާއަށް އިންޒާރުދިން މައްސަލަ މިޕާޓީއިން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ. ރޭގެ ވަގުތެއްގައި، އަޙްމަދު ޢަބްދުﷲގެ އަމިއްލަ […]
އައްޑޫ ސިޓީ މަރަދޫ ހުރި އެމްޑީޕީ ހަރުގެއަށް ބަޔަކު ވަދެ ތަނަށާ މުދަލަށް ގެއްލުންދީފައިވާތީ އެފިނޑި އަމަލު ހަރުއަޑުން ކުށްވެރިކުރުން
10 އޮގަސްޓް 2018ގައި އައްޑޫ ސިޓ މަރަދޫގައި ހުރި އެމްޑީޕީ ހަރުގެއަށް ބަޔަކު ވަދެ ބޮޑެތި ގެއްލުންތައްދީފައިވާތީ އެމްޑީޕީން އެ ފިނޑި އަމަލު ހަރުއަޑުން ކުށްވެރިކުރަމެވެ. އެމްޑީޕީގެ މަރަދޫ ހަރުގެއަށް ދީފައިވާ މިހަމަލާއަކީވެސް 17 […]
ރައީސް ޢަބްދުﷲ ޔާމިނު ދިރުއުޅުއްވާ ތަންތަނާއި، އެމަނިކުފާނުގެ ހަވާލުގައިވާ ތަންތަން ބަލައި ފާސްކޮށް، ޚިޔާނާތުގެ 80 މިލިއަން ޑޮލަރުގެ މައްސަލައިގެ ތަޙްޤީޤު ހިންގުމަށް ގުޅިފައިވާ ސިޔާސީ ޕާރޓީތަކުގެ ފަރާތުން އެމް.ޑީ.ޕީ. އިން ފުލުސް އޮފީހަށް މައްސަލަ ހުށަހަޅައިފި
ރައީސް ޢަބްދުﷲ ޔާމިނުގެ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މިއަދު ހާމަކުރެއްވި ވާހަކަފުޅުތަކާ ގުޅިގެން، ރައީސް ޢަބްދުﷲ ޔާމިނު ދިރުއުޅުއްވާ ތަންތަނާއި، އެމަނިކުފާނުގެ ހަވާލުގައިވާ ތަންތަން ބަލައި […]
އެމް.ޑީ.ޕީ ގެ މައި އޮފީހަށް ރޭގެ ދަންވަރުގެ ވަގުތެއްގައި ޙަމަލާދީ އޮފީހުގެ ބޭރު ދޮރުގެ ބިއްލޫރިތައް ތަޅާލާފައިވާތީ، އެ ފިނޑި ޢަމަލު ހަރުއަޑުން ކުށްވެރިކުރުން
ރޭގެ ދަންވަރުގެ ވަގުތެއްގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ މައި އޮފީހަށް ޙަމަލާދީ އޮފީހުގެ ބޭރު ދޮރުގެ ބިއްލޫރިތައް ތަޅާލާފައިވާތީ، އެ ފިނޑި ޢަމަލު އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ. ރޭގައި ދިން އެ […]
ސަރުކާރުގެ ނުފޫޒުތަކުން ނެއްޓި، މިނިވަން އިންސާފުވެރި، އަދި ދެފުށްފެންނަ އިންތިޚާބެއް ބޭއްވުމުގެ ނިޔަތާއި، ޤާބިލުކަން އަދު މިއޮތް އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާކަމަކަށް މިޕާޓީއިން ނުދެކޭ ހިނދު، ސިޔާސީ ޕާޓީތަކާ މަޝްވަރާކޮށް، އިންތިޚާބުގެ ސައްޙަކަން ކަށަވަރުކުރުމަށް މިނިވަން މުސްތަޤިއްލު އިލެކްޝަންސް ކޮމިޝަނެއް އެކުލަވާލުމަށް މިޕާޓީއިން ގޮވައިލަމެވެ.
ވޯޓު ޙައްޤުވާ މީހުންގެ ލިސްޓުކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށްފައިވާ ލިސްޓާ ގުޅޭގޮތުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ހުށަހެޅި ކަންބޮޑުވުންތަކަށް އަދިވެސް ޙައްލު ލިބިފައިނުވާކަން ފާހަގަކޮށް، ކަންބޮޑުވުން ފައުޅުކުރަމެވެ. އިންތިޚާބުގެ މިނިވަން އިންސާފުވެރިކަމާއި، […]
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އަސާސީ ގަވާއިދުގެ 124 ވަނަ މާއްދާގެ (ށ)ގެ ދަށުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓެއްގެ ނަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ރައްޔިތުންގެ މަޖިލިސްގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް މިޕާޓީގެ އާދަޔާޚިލާފު ކޮންގްރެސްގައި ހުށަހެޅުއްވި ޤަރާރު:
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން ވާދަކުރައްވާނޭ ރިޔާސީ ކެންޑިޑޭޓަކީ އެމް.ޑީ.ޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ ގެ މަޤާމު މިވަގުތު ފުރުއްވަމުން ގެންދަވާ އިބްރާޙިމް މުހައްމަދު ޞާލިޙު […]
އެމް.ޑީ.ޕީ ގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި އިބްރާހިމް މުޙައްމަދު ޞާލިޙް ކަނޑައެޅުމާ ގުޅިގެން، މި ޕާރޓީން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދެންނެވުން
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި އިބްރާހިމް މުޙައްމަދު ޞާލިޙް ކަނޑައެޅުމާ ގުޅިގެން، މި ޕާރޓީން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަމެވެ. މިގޮތަށް ކަނޑައަޅާފައިވަނީ އިއްޔެ އއ.އުކުޅަހުގައި ބޭއްވި […]
1 21 22 23 24 25 26 27 128