އައްޑޫ ސިޓީ މަރަދޫ ހުރި އެމްޑީޕީ ހަރުގެއަށް ބަޔަކު ވަދެ ތަނަށާ މުދަލަށް ގެއްލުންދީފައިވާތީ އެފިނޑި އަމަލު ހަރުއަޑުން ކުށްވެރިކުރުން

10 އޮގަސްޓް 2018ގައި އައްޑޫ ސިޓ މަރަދޫގައި ހުރި އެމްޑީޕީ ހަރުގެއަށް ބަޔަކު ވަދެ ބޮޑެތި ގެއްލުންތައްދީފައިވާތީ އެމްޑީޕީން އެ ފިނޑި އަމަލު ހަރުއަޑުން ކުށްވެރިކުރަމެވެ.

އެމްޑީޕީގެ މަރަދޫ ހަރުގެއަށް ދީފައިވާ މިހަމަލާއަކީވެސް 17 ޖުލައިގައި އެމްޑީޕީގެ މައި އޮފީހަށް ބަޔަކު ރާވައިގެން ގަސްތުގައި ދީފައިވާ ހަމަލާފަދަ ފިނޑި ޢަމަލެއްކަން ފާހަގަކުރަމެވެ. އަދި މިކަމަކީ މި ޕާރޓީން ހިންގަމުން ގެންދާ ސިޔާސީ ޙަރަކާތްތަކާއި ރިޔާސީ ކޭމްޕޭނުގެ ޙަރަކާތްތައް ފެނި، ސަރުކާރުން އެކަމާ ޖެހިލުންވުމުގެ ސަބަބުން އެކަންކަމަށް ހުރަސްއެޅުމުގެ ގޮތުން ސަރުކާރު އަޑީގައި އޮވެގެން ހިންގާފައިވާ ޢަމަލެއްކަމުގައި ދެކެމެވެ. އެމްޑީޕީގެ މަރަދޫ ހަރުގެއަށް ހަމަލާދިން މައްސަލައިގެ ފުރިހަމަ ތަޙްޤީޤެއް ހިންގައި، އެކަމުގައި ޝާމިލުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމަށް ގޮވާލާހިނދު، ރިޔާސީ ކޭމްޕޭނަށް ހުރަސްއެޅިގެންދާ މިފަދަ ކަންކަން ވިޔަނުދިނުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކަށް މި ޕާރޓީން ގޮވާލަމެވެ..