ނޫސް ބަޔާން

ސަރުކާރުގެ ނުފޫޒުތަކުން ނެއްޓި، މިނިވަން އިންސާފުވެރި، އަދި ދެފުށްފެންނަ އިންތިޚާބެއް ބޭއްވުމުގެ ނިޔަތާއި، ޤާބިލުކަން އަދު މިއޮތް އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާކަމަކަށް މިޕާޓީއިން ނުދެކޭ ހިނދު، ސިޔާސީ ޕާޓީތަކާ މަޝްވަރާކޮށް، އިންތިޚާބުގެ ސައްޙަކަން ކަށަވަރުކުރުމަށް މިނިވަން މުސްތަޤިއްލު އިލެކްޝަންސް ކޮމިޝަނެއް އެކުލަވާލުމަށް މިޕާޓީއިން ގޮވައިލަމެވެ.
ވޯޓު ޙައްޤުވާ މީހުންގެ ލިސްޓުކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށްފައިވާ ލިސްޓާ ގުޅޭގޮތުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ހުށަހެޅި ކަންބޮޑުވުންތަކަށް އަދިވެސް ޙައްލު ލިބިފައިނުވާކަން ފާހަގަކޮށް، ކަންބޮޑުވުން ފައުޅުކުރަމެވެ. އިންތިޚާބުގެ މިނިވަން އިންސާފުވެރިކަމާއި، […]
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އަސާސީ ގަވާއިދުގެ 124 ވަނަ މާއްދާގެ (ށ)ގެ ދަށުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓެއްގެ ނަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ރައްޔިތުންގެ މަޖިލިސްގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް މިޕާޓީގެ އާދަޔާޚިލާފު ކޮންގްރެސްގައި ހުށަހެޅުއްވި ޤަރާރު:
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން ވާދަކުރައްވާނޭ ރިޔާސީ ކެންޑިޑޭޓަކީ އެމް.ޑީ.ޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ ގެ މަޤާމު މިވަގުތު ފުރުއްވަމުން ގެންދަވާ އިބްރާޙިމް މުހައްމަދު ޞާލިޙު […]
އެމް.ޑީ.ޕީ ގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި އިބްރާހިމް މުޙައްމަދު ޞާލިޙް ކަނޑައެޅުމާ ގުޅިގެން، މި ޕާރޓީން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދެންނެވުން
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި އިބްރާހިމް މުޙައްމަދު ޞާލިޙް ކަނޑައެޅުމާ ގުޅިގެން، މި ޕާރޓީން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަމެވެ. މިގޮތަށް ކަނޑައަޅާފައިވަނީ އިއްޔެ އއ.އުކުޅަހުގައި ބޭއްވި […]
ފާރިސް މައުމޫން 4 މަހާއި 24 ދުވަހަށް ޖަލަށްލުމަށް ޙުކުމް އިއްވާފައިވާތީ އެމް.ޑީ.ޕީ އިން އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކުރުން
ދިއްގަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރ އަޙްމަދު ފާރިސް މައުމޫންގެ މައްޗަށް 4 މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމް އިއްވާފައިވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެކަމުގެ […]
ނުޙައްޤުން ސަސްޕެންޑުކޮށްފައިވާ ކައުންސިލަރުންގެ މުސާރަ އަނބުރާ ރައްދުކުރުމާއެކު، އެލްޖީއޭ އިން ޤާނޫނާ ޚިލާފަށް ހިންގާފައިވާ ޖަރީމާތައް ތަޙްޤީޤުކޮށް އެ ފަރާތްތަކާ މެދު ވަކިވަކިން ފިޔަވަޅުއެޅޭނޭކަމުގެ ޔަޤީންކަން ދިނުން
ޢަބްދުﷲ ޔާމިނުގެ ސަރުކާރުގެ ސިޔާސީ ބޭނުމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން، ރައްޔިތުން ވޯޓުލައިގެން އިންތިޚާބުކޮށްފައިވާ ކައުންސިލަރުންނަށް، އެއްވެސް ހަމައެއް ލަމައެއް ނެތި ފިޔަވަޅުއަޅައި ސަސްޕެންޑްކުރަމުން ގެންދާ ސިލްސިލާގެ ދަށުން އެއްފަހަރާ 26 […]
އެމްޑީޕީގެ ޗެއަރޕަރސަންއާ އިތުރު ބޭފުޅުން ހައްޔަރުކުރުން ކުއްވެރިކުރުން
22 ޖޫން 2018: އެމްޑީޕީގެ ރިޔާސީ ކެމްޕޭންގެ ކެމްޕޭން ހަރަކާތެއްގެ ގޮތުން މިއަދު އެމްޑީޕީގެ ޔޫތު ވިންގް އިސްނަގައިގެން އިންތިޒާމްކުރި ޖަޒީރާ ރަން ކުރިއަށް ގެންދިއުމަށް ފުލުހުން ހުރަސް އަޅާ މިޕާޓީގެ ޗެއަރޕަރސަން އަލްއުސްތާޛް […]
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓާރސް ލިސްޓާ ގުޅޭގޮތުން އެމް.ޑީ.ޕީ.އިން ނެރޭ ނޫސް ބަޔާން.
2018 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހަށް ތާވަލުކޮށްފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓު ޙައްޤުވާ މީހުންގެ ލިސްޓުކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ލިސްޓުގެ ޞައްޙަކަން ކަށަވަރުކުރެވެން ނެތްކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. […]
ކެމްޕޭން އިފްތިތާޙް ކުރުމުގެ ޖަލްސާ ބުރާސްފަތި ދުވަހުގެ ރެއަށް ފަސްކޮށްފި
މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ މިޕާޓީގެ ރިޔާސީ ކެމްޕޭން އިފްތިތާޙްކުރުމުގެ ޖަލްސާ މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިޖަލްސާއަކީ ރާއްޖޭގެ ގިނަ ސަރަޙައްދުތަކެއްގައި އެޖަލްސާގެ އިވެންޓްތައް ހިންގުމަށް ދުރާލައި ރޭވި އިންތިޒާމް ކުރެވިފައިވާ […]
އެލްޖީއޭއިން ކައުންސިލަރުންނަށް ނުޙައްޤުން އަދަބު ދެމުން އަންނާތީ އެކަން ކުށްވެރިކުރަން
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ ތަމްސީލުކުރާނެ ކެންޑިޑޭޓަކު ހޮވުމަށް މި ޕާޓީގެ އަސާސީ ޤަވާއިދާ އެއްގޮތްވާގޮތުގެމަތީން ބޭއްވި ރިޔާސީ ޕްރައިމެރީގެ މަސައްކަތުގައި ބައިވެރިވި އެމްޑީޕީގެ ކައުންސިލަރުންނަށް އެލްޖީއޭއިން ބިރުދެއްކުމުގެ ގޮތުން […]
ހަމައިން ނެއްޓި، ކުފޫހަމަނުވާ ސިޔާސަތެއް ގެންގުޅެމުން، އދ.ގެ ސަލާމަތީ މަޖިލީހުގެ މެމްބަރުކަމަށް ވާދަކޮށް ދިވެހިރާއްޖެ ފަލީހަތް ކޮށްފައިވާ މައްސަލައާ ގުޅިގެން އެމް.ޑީ.ޕީ އިން ނެރޭ ނޫސް ބަޔާން
ބައިނަލްއަޤުވާމީ ހަމަތަކުން ނެއްޓި، ކުފޫހަމަނުވާ ޚާރިޖީ ސިޔާސަތެއް ގެންގުޅެމުން، ޢަބްދުﷲ ޔާމިނުގެ ސަރުކާރުން އދ.ގެ ސަލާމަތީ މަޖިލީހުގެ މެމްބަރުކަމަށް ދިވެހިރާއްޖެ ވާދަކުރުވައި މުޅި ދުނިޔޭގެ ކުރިމަތީގައި ދިވެހިރާއްޖެ ފަލީހަތް ކޮށްފައިވާތީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ […]
1 19 20 21 22 23 24 25 125