ނިއު ޒީލޭންޑުގައި ހިނގި ޤަތުލުޢާންމު އިސްތިންކާރުކުރުން

ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ މިސްކިތެއްގައި ހުކުރަށް ގޮސް ތިބި ބަޔަކަށް އަމާޒުކޮށް ހިންގި ޤަތުލުޢާންމާމެދު، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ނުހަނު ގަދައަށް އިސްތިންކާރު ކުރަމެވެ. ކްރައިސްޗާޗުގެ މަސްޖިދުލްނޫރަށާއި އެ މިސްކިތުގައި ނަމާދުކުރަންތިބި މީހުނަށް ދިން މި ޙަމަލާއަކީ، ޓެރަރިޒަމްގެ ޙަމާލާއެއްކަމުގައި ބަޔާންކުރުން ނޫން އެހެން ޢިބާރާތެއް ބޭނުންނުކުރެވޭނެ ފަދަ ބޮޑުވެގެންވާ ޖަރީމާއެކެވެ.
މި ޕާޓީއަކީ އަބަދުވެސް މީސްތަކުންނަށް ލިބޭ އާމްދަނީއާއި، ވަޒީފާގެ ފުރުޞަތާއި، ޞިއްޙަތާއި، ކެއުންބުޔުމާއި، ސަލާމަތާއި، މީސްތަކުންގެ މަސަލަސްކަން ކުރިއެރުވުމަށާއި، ނަސްލީ ތަފާތުކުރުމާއި އެއްބައިވަންތަކަން ގެއްލޭދަފަ އެހެނިހެން ބައިބައިކުރުމުގެ ގޮތްތަކާ ދެކޮޅަށް، އެންމެ އަޑު ހަރުކޮށް ރާއްޖޭގައި އަޑުއުފުލާ ޕާޓީއަށްވާއިރު، މި ފަދަ ޖަނަވާރީ ޢަމަލުތަކަކީ އެއްވެސް އިރެއްގައި މި ޕާޓީން ބަލައިގަނެފައިވާ ނުވަތަ ބަލައިގަންނާނެ ކަންކަމެއް ނޫނެވެ.
މި ޙަމަލާގައި ޝަހީދުވީ ފަރާތްތަކަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށިއެވެ.