mdp_banner

Wednesday, February 15, 2017

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާގެ ދަށުން ހުށައަޅާ ޤަރާރު

ދީބާޖާ މިއީ، ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން، ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް، ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްއަށް ވަނުމަށް މަޖުބޫރުކުރުވާ، ރައީސްޔާމިންގެ ޕާޓީއަށް ސޮއިނުކޮށްފިނަމަ، ވަޒީފާއިން ވަކިކުރުވާނޭކަމުގެ ބިރުދައްކާ ޤާނޫނުއަސާސީއާއި، ޤާނުނުތަކާއި، ދިވެހިރާއްޖެ ސޮއިކޮށްފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކުން ދިވެހި މަސައްކަތްތެރިންނަށް ކަށަވަރުކޮށްދޭ ހައްގުތަކުން ރައީސް ޔާމިން އާއި ސަރުކާރުގެ ވަޒީރުންނާއި، ރައީސް ޔާމިންގެ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިސްގެ މެމްބަރުނާއި، ސަރުކާރު ކުންފުނިތަކުގެ އެކިއެކި އިސްވެރިން، މުވައްޒިފުންގެ ހައްގުތަކަށް އަރައިގަނެއް، މުވައްޒިފުންގެ ކަރާމާތާއި އިޙްތިޔާރަށް އަރާގަންނަމުންދާތީ […]

[ވިދާޅުވޭ...]

Tuesday, June 14, 2016

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ މަސީޙް މުޙައްމަދަށް، އެމް.ޑީ.ޕީގެ ޕީޖީ ގެ ލީޑަރ އިބްރާހިމް މުޙައްމަދު ސޯލިހް ފޮނުއްވި ސިޓީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ މަސީޙް މުޙައްމަދަށް، ވެދުންސަލާމަށްފަހު ދަންނަވަމެވެ. 09 ޖޫން 2016 ގައި، ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންގެ އަޣުލަބިއްޔަތު އޮންނަ ޢާންމު ކޮމިޓީން، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ބިލުތަކާއި ޤަރާރުތަކަށް ބަހުސްކުރެއްވުމުގައި މެމްބަރުން ވާހަކަދެއްކެވުމަށް ދެއްވާ ފުރުސަތުގެ ދިގުމިން 1 ގަޑި އިރަށް ކުޑަކުރައްވާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމެވެ. މިދެންނެވި ގޮތަށް ވަގުތު ކުޑަކުރުމަށްފަހު 13 ޖޫން 2016 ގައި ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެޖެންޑާކުރައްވާފައިވާ ކޮންމެ ބިލަކާއި ޤަރާރަށް ބަހުސްކުރެއްވުމަށް […]

[ވިދާޅުވޭ...]

Tuesday, March 29, 2016

އެމް.ޑީ.ޕީ ޕާރލިމެންޓްރީ ގްރޫޕްގެ އިންތިޚާބް 2016

އިއުލާން ބެއްލެވުމަށް މި ލިންކަށް ފިތާލާ

[ވިދާޅުވޭ...]

Friday, September 26, 2014

ޕީޖީ ޑެޕިޔުޓީ ލީޑަރ އިމްތިޔާޒު ފަހުމީ (އިންތި) ޔުނިވާރސިޓީ އޮފް ވެސްޓަން އޮސްޓްރޭލިއާ ގައި ތަޤުރީރުކުރައްވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ޕާރލަމެންޓްރީ ގްރޫޕްގެ ޑެޕިޔުޓީ ލީޑަރ އިމްތިޔާޒު ފަހުމީ (އިންތި) ޔުނިވާރސިޓީ އޮފް ވެސްޓަން އޮސްޓްރޭލިއާ (ޔޫޑަބުލިޔޫއޭ) ގެ ސެންޓަން ފޯރ މުސްލިމް ސްޓޭސް އެންޑް ސޮސައިޓީ ގެ ފަރާތުން އިންތިޒާމްކޮށްގެން އެ ޔުނިވާރސިޓީގައި މިއަދު ދަޤުރީރު ކުރައްވައިފިއެވެ. އިންތި ތަޤުރީރު ކުރައްވާފައިވަނީ ދިވެހިރާއްޖެ ޑިމޮކްރެސީގެ މަގުގައި ފަހަތަށް ޖެހެމުންދާ ގޮތާމެދުގައެވެ. އަދި އެ މައުލޫގެ ތެރޭގައި، ރާއްޖޭގައި އިންސާނީ ޙައްޤުތައް ނިގުޅައިގަނެފައިވާ މިންވަރާއި، އެކިއެކި ޖަރީމާތައް ހިންގާމީހުންގެ މައްޗަށް ޤާނޫނު […]

[ވިދާޅުވޭ...]

Tuesday, April 8, 2014

އަލަށް މަޖިލިހަށް އިންތިޚާބުވި މެމްބަރުން ހުވާކުރައްވައި އަދި އެމް.ޑީ.ޕީ ޕީޖީ ގްރޫޕުގެ ލީޑަރޝިޕާމެދު ގޮތެއް ނިންމަންދެން މިހާރު އޮތް ޕީ.ޖީގެ ލީޑަރޝިޕް ދެމިގެންދާނޭކަމަށް ޤައުމީ ހިންގާ ކޮމެޓީން ނިންމައިފި

18 ވަނަ ރައްޔިތުންގެ މަޖިލީހަށް މިހާރު އިންތިޚާބުވެވަޑައިގެންފައިވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ މެމްބަރުން ހުވާކުރެއްވުމަށްފަހު، އަދި މި ޕާރޓީގެ އަސާސީ ޤަވާޢިދާ އެއްގޮތްވާގޮތުގެމަތިން ޕާރލަމެންޓްރީ ގްރޫޕުގެ މެމްބަރުންގެ ގޮތުގައި ވެވަޑައިގަތުމާއެކު، މިހާރު އޮތް ޕާރލަމެންޓްރީ ގްރޫޕުގެ ލީޑަރޝިޕަށް ބަދަލުގެންނަވަންދެން ޕާރލަމެންޓްރީ ގްރޫޕްގެ ލީޑަރޝިޕް ދެމިއޮންނާނޭކަމަށް ނިންމަވައިފިއެވެ. މިގޮތަށް ނިންމަވާފައިވަނީ މިއަދު (8 އޭޕްރިލް 2014 ވަނަ ދުވަހު) އޮތް މި ޕާރޓީގެ ޤައުމީ ހިންގާ ކޮމެތީގެ 164 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން […]

[ވިދާޅުވޭ...]

Sunday, February 2, 2014

އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕްގެ މެމްބަރ އަލްޙާން ފަހުމީއަށް ދިން މަރުގެ ޙަމަލަ ކުށްވެރިކުރުން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ޕާރލަމެންޓްރީ ގްރޫޕުގެ މެމްބަރ، ފޭދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރ، އަލްޙާން ފަހުމީ ރޭގައި “ބްރޭކް ވޯޓާރސް” ނަމަކަށް ކިޔާ ކެފޭއެއްގައި އިތުރު ބޭފުޅުންތަކާއެކު އިންނަވަނިކޮށް ބަޔަކު މީހުން އެތަނަށް ވަދެ އަލްޙާން ފަހުމީގެ ބުރަކަށިކޮޅަށް ތޫނު އެއްޗަކުން ޙަމަލާދީ ވަރަށް ބޮޑަށް ޒަޙަމްކޮށްލާފައިވާތީ، އެ ނުރައްކާތެރި ޢަމަލު އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕުން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ.

[ވިދާޅުވޭ...]

Wednesday, December 18, 2013

ރ. ހުޅުދުއްފާރު ބަހާރުގޭ ޢަބްދުﷲ މުހައްމަދު ގާޟީއަކަށް ހުންނަވައި ތަޢައްޞުބު އިސްކުރެއްވި ތަފާތު ހަތަރު މައްސަލާއެއް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ޙާމިދު ޢަބްދުލްޣަފޫރު ޖޭއެސްސީއަށް ހުށައަޅުއްވައިފި

ރ. ހުޅުދުއްފާރު ބަހާރުގޭ ޢަބްދުﷲ މުހައްމަދު ގާޟީއަކަށް ހުންނަވައި ތަޢައްޞުބު އިސްކުރެއްވި ތަފާތު ހަތަރު މައްސަލާއެއް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ޙާމިދު ޢަބްދުލްޣަފޫރު މިއަދު ޖޭއެސްސީއަށް ހުށައަޅުއްވައިފިއެވެ.

[ވިދާޅުވޭ...]

Thursday, April 18, 2013

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު އެމްޑީޕީ އާއި މިއަދު ގުޅިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ވ. ކެޔޮދޫ ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީ އާއި މިއަދު ގުޅިވަޑައިގެންފިއެވެ. މިއަދު ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕާލިމެންޓްރީ މެންބަރުގެ ކޮޓަރިކޮޅުގައި އެމްޑީޕީއަށް ސޮއި ކުރެއްވުމަށްފަހު ޢަބްދުﷲ ޝާހިދުވަނީ އެކަން ކަށަވަރުކޮށް ދެއްވާފައެވެ.

[ވިދާޅުވޭ...]

Tuesday, March 19, 2013

ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރަކަށް އިބޫ، ޑެޕިއުޓީ ލީޑަރުންނަށް އަލީ ވަހީދު އާއި ޖާބިރު!

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުކަމަށް މިހާރު ވެސް އެ ގްރޫޕްގެ ލީޑަރުކަން ކުރައްވަމުން ގެންދަވާ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އިންތިޚާބޮވެ ވަޑައިގެންފިއެވެ.

[ވިދާޅުވޭ...]

ޕާލިމަންޓްރީ ގްރޫޕްގެ މަޤާމްތަކަށް މެމްބަރުން އިންތިޚާބް ކުރުން މިއަދު

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމެންޓްރީ ގްރޫޕްގެ މަޤާމްތަކަށް މެމްބަރުން އިންތިޚާބްކުރުމަށް ބާއްވާ އިލެކްޝަން މިއަދު މެންދުރު 14:00ގައި އެމްޑީޕީ އޮފީހުގައި ކުރިއަށް ދާނެއެވެ.

[ވިދާޅުވޭ...]