7 ނޮވެމްބަރ 2010
މަތިއުތުރު ޕްރޮވިންސްގެ ހއ.އިހަވަންދޫ ރަށު ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ ޓިކެޓަށް އެދި 9 ފަރާތަކުން ކުރިމަތި ލާފައިވާތީ އެ ފަރާތްތަކުގެ މެދުގައި ބޭއްވުނު ޕްރައިމަރީގެ ވޯޓް ނެގުން 05 ނޮވެމްބަރ 2010 ވީ ހުކުރުދުވަހު އިހަވަންދޫގައި ބާއްވައިފިއެވެ.
ހުކުރު ދުވަހުގެ މެންދުރުފަހު 14:00 ން 21:00 އަށް އޮތް މި އިންތިޚާބުގެ ވޯޓް ނެގުން ބަންދުކުރެވުނީ 21:30 ގައެވެ. އިހަވަންދޫ ދާއިރާގެ މީޑިޔާ ކޯޑިނޭޓަރ އަހުމަދު ޝާހިދު މަޢުލޫމާތު ދެއްވާގޮތުގައި މިހާތަނަށް ޕާޓީގެ ފަރާތުން އިހަވަންދޫގައި ބޭއްވި އިންތިޚާބެއްގައި ރެކޯޑް އަދަދަކަށް ވޯޓް ލާފައިވާ މި ޕްރައިމަރީ އިންތިޚާބުގެ ވޯޓް ގުނަން ފެށިފައިވަނީ އެރޭގެ 10:45 ގައެވެ. އަދި ނަތީޖާ އިޢުލާންކުރެވުނީ 06 ނޮވެމްބަރ 2010 ވަނަދުވަހުގެ 00:35 ގައި ކަމަށް އިހަވަންދޫ ދާއިރާއިން މަޢުލޫމާތުދެއެވެ. މިޕްރައިމަރީގައި އެންމެ ގިނަ ވޯޓު ހޯއްދެވި 5 ބޭފުޅުންނަކީ 362 ވޯޓު ލިބިލެއްވިޢަލީ ރަމީޒް / އެންދެރިމާގެ ހއ. އިހަވަންދޫ އާއި، 320 ވޯޓު ލިބިލެއްވި އަހުމަދު ވަޙީދު / ކަނދުޅުމާގެ ހއ. އިހަވަންދޫ އާއި ހަމަ މިއަދަދަށް ވޯޓު ލިބިލެއްވި މުޙައްމަދު ސަމީރު / ސަހަރުއާބާދު ހއ. އިހަވަންދޫ އާއި، 309 ވޯޓު ލިބިލެއްވި ޢަބުދުﷲ މަންސޫރު / ބަހާރުގެ ހއ. އިހަވަންދޫ އާއި 275 ވޯޓު ލިބިލެއްވި މުޙައްމަދު އަޝްރަފު / ހޯރަވިލާ ހއ. އިހަވަންދޫ އެވެ.
އިންތިޚާބުފެށެން 2 ދުވަހަށް ވެފައިވަނިކޮށް ކެނޑިޑޭޓް ނަމްބަރ 4 އަހުމަދު އުބައިދުﷲ ނަން އަނބުރާގެންގޮސްފައިވާތީ އެދުވަހުގެ ވޯޓްލުން ކުރިއަށް ދިޔައީ 8 ކެންޑިޑޭޓުންގެ މެދުގައެވެ. ކެނޑިޑޭޓުންގެ ފަރާތުން އޮބްޒާވަރުން ބޭއްތިބުމުގެ ފުރުސަތު ދެވިފައިވާ މި އިންތިޚާބުގެ ސައްޚަ ކަމާއިމެދު ސުވާލު އުފައްދާފައިނުވާތީ މިއިންތިޚާބަކީ ވަރަށް އިންސާފުވެރިކަމާއިއެކު ނިންމާލެވިފައިވާ އިންތިޚާބެއްކަމުގައި ކެނޑިޑޭޓުން ފާހަގަކުރާ ކަމަށް އިހަވަންދޫ ދާއިރާއިން މަޢުލޫމާތުދެއެވެ. އަދި އިންތިޚާބުގައި ނާކާމިޔާބުވި ކެންޑިޑޭޓުންވެސް އެކީއެއްރޫހެއްގައި މަސައްކަތް ކުރަމުން އަންނަކަންވެސް ފާހަގަކުރެވެއެވެ.
ރަށުން ބޭރުގައި ތިއްބެވި އިހަވަންދޫގެ އެމްޑީޕީގެ މެންބަރުންނަށް ޕްރޮކްސީ މެދުވެރިކޮށް ވޯޓުލުމުގެ ހައްޤު ދީފައިވާ މި އިންތިޚާބުގެ ނަތީޖާ ޝީޓާއި މެމްބަރުންގެ ތާއިދު ލިސްޓާއިއެކު ޕާޓީއޮފީހަށް މި ހިނގާ ނޮވެމްބަރު 10 ވަނަދުވަހުގެ ކުރިން ހުށަހަޅާނެކަމަށް އިހަވަންދޫ ދާއިރާގެ މީޑިޔާ ކޯޑިނޭޓަރ މަޢުލޫމާތު ދެއްވައެވެ.
މިއިންތިޚާބާއި ބެހޭ މަޢުލޫމާތު ތިރީގައި މިދަންނަވަނީއެވެ.
އިންތިޚާބުގެ ދާއިމީ ނަތީޖާ
1ޢަލީ ރަމީޒް / އެންދެރިމާގެ ހއ. އިހަވަންދޫ 362 ވޯޓު
2 ޢަބުދުﷲ މަންސޫރު / ބަހާރުގެ ހއ. އިހަވަންދޫ 309 ވޯޓު
3 މުޙައްމަދު އަޝްރަފު / ހޯރަވިލާ ހއ. އިހަވަންދޫ 275 ވޯޓު
4 މުޙައްމަދު އިބްރާހިމް / ކަނދިޅުމާގެ ހއ. އިހަވަންދޫ 106 ވޯޓު
5 އަހުމަދު ވަޙީދު / ކަނދުޅުމާގެ ހއ. އިހަވަންދޫ 320 ވޯޓު
6 އިބްރާހިމް ރަޝީދު / ހަވީރީގެ ހއ. އިހަވަންދޫ 241 ވޯޓު
7 މުޙައްމަދު ސަމީރު / ސަހަރުއާބާދު ހއ. އިހަވަންދޫ 320 ވޯޓު
8 ހުސެއިން މުޙައްމަދު / އަންބަރީގެ ހއ. އިހަވަންދޫ 132 ވޯޓު
އިންތިޚާބުގެ މަޢުލޫމާތު:
ވޯޓް ލުމުގެ ހައްޤު ލިބިފައިވާ މެމްބަރުންގެ ޢަދަދު: 530
ބާކީހުރި ވޯޓް ކަރުދާހުގެ ޢަދަދު 91
ވޯޓް ކަރުދާސް ޗާޕް ކުރި ޢަދަދު: 512
ވޯޓްލާން ހާޒިރުވި ޢަދަދު: 421
ޖުމްލަ ބާތިލް ވޯޓްގެ ޢަދަދު: 8
ޖުމްލަ ސައްޙަ ވޯޓްލީ މެމްބަރުންގެ ޢަދަދު: 413