އިޢުލާން: ލޯކަލްކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ޓިކެޓަށް ވާދަކުރުމަށް ގދ.މަޑަވެލީގައި ބާއްވާ ޕްރައިމަރީއާއި ބެހޭ

MDP/2010-027

އިޢުލާން

ގދ.މަޑަވެލި ރަށު ކައުންސިލް އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީ ޓިކެޓުގައި މިއިންތިޚާބުގައި ވާދަކުރައްވާ 5 ކެންޑިޑޭޓުން ހޮވުމަށްޓަކައި ބާއްވާ ޕްރައިމަރީސް 10 ނޮވެމްބަރ 2010 ވާ ބުދަ ދުވަހު މާލެ އާއި ގދ.މަޑަވެލީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއިންތިޚާބުގައި ވޯޓްލެވޭނީ 10 ނޮވެމްބަރ 2010ގެ ކުރިން އިލެކްޝަންސް ކޮމިޝަނުގައި އެމް. ޑީ. ޕީ. ގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ގދ.މަޑަވެލީގެ މެމްބަރުންނަށެވެ. މި އިންތިޙާބުގައި ވޯޓުލާމަރުކަޒުތަކުގެ ގޮތުގައި ހަމަޖެހިފައިވާތަންތަނަކީ މާލޭ އެމްޑީޕީ ހަރުގެއާއި ގދ.މަޑަވެލީ ޒުވާނުންގެ މަރުކަޒެވެ. މި އިންތިޙާބުގައި ވޯޓުލުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ 10 ނޮވެމްބަރ 2010 ވާ ބުދަ ދުވަހުގެ މެންދުރުފަހު 2.00 އިން އިރުއޮއްސި 7:00 އަށެވެ.
ވީމާ، މިއިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕޭން ކުރުމުގެ ފުރުޞަތު މިއަދު 7 ނޮވެމްބަރ 2010 ން ފެށިގެން 9 ނޮވެމްބަރ 2010 ވާ އަންގާރަ ދުވަހުގެ ހަވީރު 6.00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ހުރިހާ ކެންޑިޑޭޓުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ. މިޕްރައިމަރީޒްގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މަޢުލޫމާތުތައް ކެންޑިޑޭޓް ނަންބަރު ތަރުތީބުން ތިރީގައި މިދަންނަވަނީއެވެ.

1 އަލްފާޟިލް ޢަބްދުﷲ އަނީސް ލަގްޒަރީ ގދ.މަޑަވެލި
2 އަލްފާޟިލް ޝާފިޒް މުޙައްމަދު ރަޝީދު ހަނދުވަރު ގދ.މަޑަވެލި
3 އަލްފާޟިލާ ޝާދިޔާ ޝަމީމް ވެލީ ގދ.މަޑަވެލި
4 އަލްފާޟިލް އިލްހާމް މުހައްމަދު އިރުފެންނަގެ ގދ.މަޑަވެލި
5 އަލްފާޟިލް ޝިޢާރު ޒާހިރު ވިންޑްސްކްރީން ގދ.މަޑަވެލި
6 އަލްފާޟިލް އިބްރާހީމް މުޙައްމަދު ކަޝްމީރުވިލާ ގދ.މަޑަވެލި

28 ޛުލްޤައިދާ 1423
07 ނޮވެމްބަރ 2010

-ސިލެކްޝަން ކޮމިޓީ-