MDP/2010-026
އިޢުލާން
ށ. ނޫމަރާ ރަށު ކައުންސިލް އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީ ޓިކެޓުގައި މިއިންތިޚާބުގައި ވާދަކުރައްވާ 5 ކެންޑިޑޭޓުން ހޮވުމަށްޓަކައި ބާއްވާ ޕްރައިމަރީސް 12 ނޮވެމްބަރ 2010 ވާ ހުކުރުދުވަހު މާލެ އާއި ށ.ނޫމަރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއިންތިޚާބުގައި ވޯޓްލެވޭނީ 12 ނޮވެމްބަރ 2010ގެ ކުރިން އިލެކްޝަންސް ކޮމިޝަނުގައި އެމް. ޑީ. ޕީ. ގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ށ.ނޫމަރާގެ މެމްބަރުންނަށެވެ. މި އިންތިޙާބުގައި ވޯޓުލާމަރުކަޒުތަކުގެ ގޮތުގައި ހަމަޖެހިފައިވާތަންތަނަކީ މާލޭ އެމްޑީޕީ ހަރުގެއާއި ށ.ނޫމަރާ ޒުވާނުންގެ ޖަމިއްޔާގެ އިދާރާ އެވެ. މި އިންތިޙާބުގައި ވޯޓުލުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ 12 ނޮވެމްބަރ 2010 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 2.00 އިން އިރުއޮއްސި 7:00 އަށެވެ.
ވީމާ، މިއިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕޭން ކުރުމުގެ ފުރުޞަތު މިއަދު 7 ނޮވެމްބަރ 2010 ން ފެށިގެން 11 ނޮވެމްބަރ 2010 ވާބުރާސްފަތި ދުވަހުގެ ހަވީރު 6.00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ހުރިހާ ކެންޑިޑޭޓުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ. މިޕްރައިމަރީޒްގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މަޢުލޫމާތުތައް ތިރީގައި މިދަންނަވަނީއެވެ.
1 އަލްފާޟިލް އަޙުމަދު ޝަމީމް އާވާޒް ށ.ނޫމަރާ
2 އަލްފާޟިލް ރަމީޒް ޙަސަން ރީޒަން ށ.ނޫމަރާ
3 އަލްފާޟިލް ފަތުހުﷲޢަލީ ރީޑްސްވިލާ ށ.ނޫމަރާ
4 އަލްފާޟިލް މުޙައްމަދު ޖަމީލް މާތިލަ ށ.ނޫމަރާ
5 އަލްފާޟިލް ޙަސަން ރަޝީދު ތޯތާގެ ށ.ނޫމަރާ
6 އަލްފާޟިލް މުޙައްމަދު ފަހުދު އިތާ ށ.ނޫމަރާ
7 އަލްފާޟިލް ޙަސަން ޢަބްދުﷲ ހަވީރީގެ ށ.ނޫމަރާ
28 ޛުލްޤައިދާ 1423
07 ނޮވެމްބަރ 2010
-ސިލެކްޝަން ކޮމިޓީ-